ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް މިފްކޯއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ތ. ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނެސް އެތަން ހިންގުމަށް ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލުކޮށްފިއެވެ.

ފުނައްޑޫ، މިފްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސް ގަތުމުގެ މަސައްކަތް ފެށުމަށް، 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަންޖޭހެ ކަމަށް މިފްކޯއިން ވަނީ ބުނެފަައެވެ. އެގޮތުން ރަށުގެ ތަންތަން މަރާމާތުކޮށް، ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް 90 މިލިއަން ރުފިޔާ ހަރަދުވާނެކަމަށާއި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްގީކުރުމަށް 146 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވެސް މިފްކޯއިން ލަފާކުރެއެވެ.

ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި ދެމުން އައި ހިދުމަތްތައް މެދުކަނޑާލަން ޖެހުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 117 މިލިއަން ރުފިޔާގެ ލޯނަކަށް އަނބުރާ ފައިސާ ނުދައްކައިގެން 2010 ވަނަ އަހަރު ބޭންކަށް އެރަށް ނެގުމުންނެވެ.

އޭރު އެ މަސައްކަތް ކުރަމުން އައީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އޭރު އަލިފުށީ ދާއިރާގެ މެންބަރަކަށް ހުންނެވި، މިހާރުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ ހިއްސާ އޮންނަ ކުންފުންޏަކުންނެވެ. އެ މައްސަލައިގައި އޭރު އާޒިމާއި ނާޝިޒުގެ ގޮނޑި ވެސް ގެއްލުނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ