އަލްފާ ބްރާވޯ އާއި ރުއްދަނޑު، ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރާތުގެ ފައިނަލަށް

ކުޅިވަރު ފަހުގެ

ށ. ފުނަދޫގައި މިހާރު ކުރިޔަށްދާ ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރާތުގެ ފައިނަލަށް އަލްފާ ބްރާވޯ އާއި ރުއްދަނޑު ދަތުރު ކޮށްފިއެވެ.

ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކުޅުނީ ޕޮލިސް ފެމެލީ އާއި އަލްފާ ބްރާވޯ އެވެ. މިމެޗުގައި ޕޮލިސް ފެމެލީ 3 ގޯލް ޖަހާ ކުރިހޯދަފައި ވަނިކޮށް އަލްފާ ބްރާވޯ ވަނީ ފަހަތުން އަރާ 4 ގޯލް ޖަހާ، މެޗު ކާމިޔާބު ކޮށްފައެވެ.
ޕޮލިސް ފެމެލީ އަށް 3 ގޯލް ވެސް ޖަހައިދިނީ ވައްޑެއެވެ. އަލްފާ ބްރާވޯ ގެ ލަޑުތައް ކާމިޔާބު ކޮށްދިނީ މަފާޒު 1 ގޯލް، ހުސެން ވަހީދު 1 ގޯލް އަޝްރަފު 2 ގޯލް އެވެ.
މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލްފާ ބްރާވޯގެ ޖާޒީ ނަންބަރު 30 އަޝްރަފު އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރޭ ކުޅެވުނު ސެމީ ފައިނަލްދެވަނަ މެޗުގައި ކުޅުނީ ރުއްދަނޑު އާއި ޖަވާރޓްސް އެވެ. ރުއްދަނޑު 2 ގޯލް ކާމިޔަބު ކޮށްފައި ވަނިކޮށް ޖަވާރޓްސް ވަނީ އެއްވަރު ކޮށްފައެވެ. އެއްވަރުކޮށް ކުޅުން ކުރިޔަށް ދަނިކޮން ރުއްދަނޑު ވަނީ ކައިރި ކައިރީ 2 ގޯލް ޖަހާ މެޗުން މޮޅުވެފައެވެ.
ރުއްދަނޑުގެ ގޯލް ތައްޖެހީ މުހައްމަދު ރަޝީދު 2 ގޯލް އަދި ރިފްެއަތު 2 ގޯލެވެ. ޖަވާރޓްސް ގެ 2 ގޯލް ކަމިޔާބު ކޮށްދިނީ އަޤީލް އެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރުއްދަނޑުގެ ޖާޒީ ނަންބަރު 5 މުހައްމަދު ރަޝީދެވެ.

މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ އެވެ. 21:15 ގައި ބައްދަލު ކުރާނީ އަލްފާ ބްރާވޯ އާއި ރުއްދަނޑު އެވެ. 22:15 ގައި ބައްދަލު ކުރާނީ ފްލޮރެންސް އާއި ސެނޮރާސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ