ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތުގެ ސްފީޑް ލަސްވެ، ކުރިއަށް ނުދާތީ ސަރުކާރުން އަލުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރިއެވެ. 22 މެއި 2019 އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވާއިރު، އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ.ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ 18 ޖުލައި 2021 ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ހަނިމާދޫއަށް ކުރެއްވި ދަތުރުގައެވެ.

މި މަޝްރޫއުގެ ދަށުން 44،296.90 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 18،871.16 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20،774.86 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހދ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތަކީ 28.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ