ރާއްޖޭގައި ރުކުގެ އާޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގަވާ ރުއް އާލާކުރެއްވުމުގެ ޤައުމީ ޕްރޮގްރާމް މިއަދު ހެނދުނު ހދ. ވައިކަރަދޫގައި ފަށްޓަވައިފިއެވެ.
ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ގްރީން ފަންޑުގެ މާލީ އެހީތެރިކަމާއެކު ހޯއްދަވައިފައިވާ މި 5000 ރުކަކީ 3 ނުވަތަ 4 އަހަރުގެ ތެރޭގައި ފޯދޭނެ ރުއްތަކެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި ރުއް އާލާކުރެއްވުމުގެ ޤައުމީ ޕްރޮގްރާމެއް ފަށާފައި މިވަނީ ރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ ކާށްޓާއި ކުރުނބާ ލިބުން ދަތިވުމާ ގުޅިގެންނެވެ.
މި ރުއްތައް ބެއްސެވުމަށް ހަމަޖެހިފައިވަނީ އެގްރިކަލްޗަރ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން އަތޮޅުތެރެއަށް، 3 ބުރަކަށް ބައްސަވައިލައްވައިގެން ކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ. އަތޮޅުތަކުގެ ތެރެއިން 7 އަތޮޅެއްގެ 11 ރަށަކަށް މި ރުއްތައް ބެއްސެވުމަށް ވަނީ ހަމަޖެހިފައެވެ.


