365 ދުވަސް ތެރޭ ނިންމަން ބުނި ހަނިމާދޫ މިސްކިތުގެ މަސައްކަތް ނުނިމުން

ހަނިމާދޫ ޚަބަރު ފަހުގެ

އިބްރާހިމް މުހައްމަދު ސޯލިހުގެ މި ޒައާމަތުގައި ހަނިމާދޫގައި އަޅަންފެށި މިސްކިތް ނިންމަން ހަވާލު ކުރި ތާރިހު ހަމަވެގެން ދިޔައިރުވެސް
މިސްކިތް ނިންމައި ނުލެވުނެވެ.

2022 ވަނަ އަހަރު މޭ 20 ވަނަ ދުވަހު ހަނިމާދޫގައި ބިންގާ އެޅިގެން ދިޔަ މި މިސްކިތުގެ މަސައްކަތް ނިންމަން އިސްލާމިކް މިނިސްޓްރީން ދީފައިވަނީ 365 ދުވަހެއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ އަލާފް ޕްރައިވެޓް ލިމިޓެޑާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިސްކިތުގެ ތަނބުތަށް ފެންނަން ހުރި ނަމަވެސް މިސްކިތުގެ މަސައްކަތް ކުރިއަށް ދާލެއް ލަސްކަން ހަނިމާދޫގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ. އަދި މި ދައުރު ނިމޭއިރުވެސް މަސައްކަތް ނިންމާލެވިދާނެތޯ އެތަށް ރައްޔިތުންނެއް ސުވާލު އުފައްދައެވެ.

ދައުލަތުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިއީ އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނަ ގޮތަށް އިމާރާތްކުރާ މިސްކިތެކެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ