ހަނިމާދޫ ދާއިރާގެ މެންބަރު އުފަންރަށުގެ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި

ޚަބަރު ފަހުގެ

ހަނިމާދޫ ދާއިރާގެ މެންބަރު އެމްޑީޕީގެ މެންބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ)ގެ އުފަންރަށުގެ ޑަބްލިއުޑީސީ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން މި ބޭއްވީ އެ ކޮމެޓީއަށް އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރު ރަމްލާ އާދަމް އިސްތިއުފާ ދީފައިވާތީއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ މި އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރީ ޒުހުދާ މުހައްމަދެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރީ މޫމިނާ އިބްރާޙީމެވެ. މިއަދުގެ ވޯޓުގައި ފިނޭ ފޮށިން ޒުހުދާ ކުރި ހޯދީ 130 ވޯޓު ހޯދައިގެންނެވެ. އެ ފޮށިން މޫމިނާ އަށް ލިބުނީ 80 ވޯޓެވެ. މާލެ ފޮށިން 53 ވޯޓުން މޫމިނާ ކުރި ހޯދިއިރު، މާލެ ފޮށިން ޒުހުދާ އަށް ލިބުނީ 17 ވޯޓެވެ.މި ނަތީޖާއިން ޒުހުދާ އަށް ޖުމްލަ 147 ވޯޓު ލިބުނު އިރު، މޫމިނާ އަށް ލިބުނީ ޖުމްލަ 133 ވޯޓެވެ.

ހދ. ފިނޭގެ އިތުރުން ރ. އަނގޮޅިތީމު، ކ. ދިއްފުށި، އއ. ފެރިދޫ، މ. ވޭވަށް، ތ. ގާދިއްފުށި، ލ. މާމެންދޫ، ގދ. ހޯނޑެއްދޫގައިވެސް މިއަދު ވަނީ ބައި-އިލެކްޝަން ކުރިޔަށް ގެންގޮސްފައެވެ.

މީގެތެރެއިން ޕީޕީއެމުން ވަނީ ހދ. ފިނޭ އާއި ކ. ދިއްފުށި، މ. ވޭވަށް، ލ. މާމެންދޫ އަދި ގދ. ހޯނޑެއްދޫގެ ބައި އިލެކްޝަން ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ 8 ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ