ށ.ފުނަދޫ ޒުވާނުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދިޔަ ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރާތުގެ ތަށި ރުއްދަނޑު އަދި ފްލޮރެންސް އުފުލާލައިފިއެވެ.
ރުއްދަނޑު ޓީމުން މުބާރާތުގެ ތަށި އުފުލަލީ ރޭ ކުޅުނު ފިރިހެން ޓީމުތަކުގެ ބައިން ފައިނަލް މެޗުގައި 5-3 ން އަލްފާ ބްރާވޯ ބަލިކޮށްގެންނެވެ. މިމެޗްގައި ރުއްދަނޑު ޓީމަށް ގޯލްތައް ޖަހާދިނީ މުހައްމަދު ރަޝީދު، ރިފްއަތު އަދި ޝާފިއުއެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އާދިލް އެވެ. އަލްފާ ބްރާވޯ އަށް 3 ލަނޑުވެސް ކާމިޔާބުކޮށްދިނީ މަފާޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އާދިލް އެވެ.
މި މުބާރާތުގެ ފިރިހެން ފުޓުސަލް ވަނަތައް ހޮވުނު ފަރާތްތައް ތިރީގައި އެވަނީއެވެ.
ޗެމްޕިއަން ޓީމް : ރުއްދަނޑު
ރަނަރަޕް ޓީމް : އަލްފާ ބްރާވޯ
ބެސްޓް ޕްލޭޔަރ : އަލްފާ ބްރާވޯގެ މަފާޒު
35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުން ތެރިޔާ : އަޝްރަފު
ފެއަރ ޕްލޭ ކުޅުންތެރިޔާ : މަފާޒު އަލްފާ ބްރާވޯ
ބެސްޓް ކޯޗް : ހަސަން ޒަރީރު ރުއްދަނޑު
އެންމެ ގިނަ ގޯލް ޖެހި ކުޅުން ތެރިޔާ
އަޤީލް – ޖަވާރޓްސް
ވައްޑެ – ޕޮލިސް ފެމެލީ
އެންމެ އުންމީދީ ކުޅުންތެރިޔާ
އައިހަމް – ހީރޯސް ޖޫނިއަރ
އެންމެ މޮޅު 5 ކުޅުންތެރިން (ފިރިހެން)
- ވައްޑެ – ޕޮލިސް ފެމިލީ
- އަޤީލް – ޖަވާރޓްސް
- މަފާޒު – އަލްފާ ބްރާވޯ
- ނަޖީލް – ރުއްދަނޑު
- ރިފްޢަތު – ރުއްދަނޑު
އަންހެން ބައިގެ ތަށި ފްލޮރެންސް ޓީމުން އުފުލާލީ 2-1 ން ސެނޯރަސް ބަލިކޮށްގެންނެވެ. ފްލޮރެންސަށް 2 ގޯލު ކާމިޔާބުކޮށްދިނީ އާގިލާ އާއި ޒައިނާއެވެ. ސެންނޯރަސްއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލް ޖަހައިދިނީ ޔުމްނާއެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްލޮރެންސްގެ ޒައިނާއެވެ.

މި މުބާރާތުގެ އަންހެން ފުޓުސަލް ވަނަތައް ހޮވުނު ފަރާތްތައް ތިރީގައި އެވަނީއެވެ.
ޗެމްޕިއަން ޓީމް : ފްލޮރެންސް
ރަނަރަޕް ޓީމް : ސެނޯރަސް
ބެސްޓް ޕްލޭޔަރ : ނައުރާ – ސެނޯރަސް
35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުން ތެރިޔާ : އައިމިނަތު ޝަޒުނާ – ވިކްސެންސް
ފެއަރ ޕްލޭ ކުޅުންތެރިޔާ : ސުވައިދާ – އެލީޓް ނިންޖާސް
ބެސްޓް ކޯޗް : ފުޢާދު – ފްލޮރެންސް
އެންމެ ގިނަ ގޯލް ޖެހި ކުޅުން ތެރިޔާ
ނައުރާ – ސެނޯރަސް
އެންމެ އުއްމީދީ ކުޅުންތެރިޔާ
ހަމްނާ (ހަމޫ) – ވިކްސެންސް
އަފާ – ސެނޮރާސް
އެންމެ މޮޅު 5 ކުޅުންތެރިން (އަންހެން)
- ނައުރާ – ސެނޯރަސް
- ނިހާ – ސެނޯރަސް
- ޒައިނާ – ފްލޮރެންސް
- އާމާލް – ފްލޮރެންސް
- ޝަހާމާ – ވިކްސެންސް
ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމުތަކަށް ވަނީ ވާދައިގެ ތައްޓާއި މެޑަލް އާއި ފައިސާގެ އިނާމުވެސް ދީފައެވެ.


