ހުސެއިން އަރީފް (ޔޫކޭ) އާއި އަބްދުލް މާޖިދު (މާއްޓޭ) އިސްނަގައިގެން ކުރިޔަށް ގެންދާ ޔުނިޓީ ކަޕް 2020 – ވެޓްރަންސް ފުޓްސަލް މުބާރާތް މިރޭ ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ސްޕޮންސަރުންގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މި މުބާރާތުގައި ފިރިހެން 9 ޓީމް އަދި އަންހެން 4 ޓީމް ބައިވެރިވެފައިވެއެވެ.
މިއީ ފުނަދޫގައި 30 އަހަރުންމަތީގެ އަންހެނުންނަށް ޚާއްޞަކޮށް މިފަދަ ވެޓްރަންސް ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި 35 އަހަރުންމަތީގެ ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ ދެވަނަ މުބާރާތެވެ. އަދި ވަކިން ޚާއްޞަކޮށް ބޭރުޤައުމަކަށް ނިސްބަތްވާ ޓީމެއް ބައިވެރިވާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ އަންހެން ޓީމުތަކަކީ މަންމީސް، ތޭރަތިރީސް، ތާރޓީ ޕްލަސް އަދި އަންމޯ އައްޕޯ އެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކަކީ ޓިއާމޯ، ޖަވާޓްސް، ޑެލްޓާ ވިންގްސް، މަގުލަސް، ދޮންތަކުރު އެފްސީ، އެފްސީ ފަގީރާ (ޅައިމަގު)، ހުއްރިއްޔާ ލެޖެންޑްސް، ޑޭޑީސް އެފްސީ އަދި ބަނގްލާ ޓައިގާސް އެވެ.
މިރޭ 20:15 ގައި ބައްދަލުކުރާނީ ޑޭޑީސް އެފްސީ އާއި އެފްސީ ފަގީރާއެވެ. 21:15 ގައި ބައްދަލުކުރާނީ އަންމޯ އައްޕޯ އާއި ތޭރަތިރީސް އެވެ. 22:15 ގައި ބައްދަލުކުރާނީ ޓިއާމޯ އާއި ދޮންތަކުރު އެފްސީ އެވެ. 23:15 ބައްދަލުކުރާނީ ބަނގްލާ ޓައިގާސް އާއި ޖަވާޓްސް އެވެ.


