ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ: އާޒިމް

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫގެ މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ “ރާއްޖެ ޓީވީ” އަށް ދިން އިންޓަވިއުއެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފެން ހިންދާ ނިޒާމުގެ ހުރިހާ މަސައްކަތެއް ނިންމާލެވިފައިވާ ކަން ފާހަގަކޮށް އާޒިމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ދުވާރު ހެދުމުގެ މަސައްކަތާއި ތާރު އެޅުމަށް ބޭނުންވާ ބެޑް ހެދުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މި މަޝްރޫއަކީ އެ ކުންފުނިން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި ބޭނުންވަނީ ވީހާ ވެސް އަވަހަށް މަސައްކަތް ނިންމާލާ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ