ށ. ފުނަދޫގައި ގައި ބޭއްވި ޔުނިޓީ ކަޕް 2020 ވެޓެރެންސް ފުޓްސަލް މުބާރާތުގެ އަންހެނުންގެ ތަށި ތޭރަތިރީސް އުފުލާލައިފި އެވެ. މިއީ އަންހެނުނަން އަމާޒު ކޮށްގެން ފުނަދޫގައި ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރަތުގައި މުޅިޖުމުލަ 4 ޓީމް ބައިވެރި ވެފައިވެ.

ރޭ ކުޅެވުނު ފައިނަލްގައި ތޭރަތިރީސް އަދި އަންމޯ އައްޕޯ ބައްދަލުކޮށް 4-1 ލަނޑުން މެޗު ކާމިޔާބު ކުރީ ތޭރަތިރީސް އެވެ. ތޭރަތިރީސް ގެ ނަޖުމާ 3 ލަނޑު ކާމިޔާބުކުރިއިރު ޒުލޭހާ ވަނީ 1 ލަނޑު ލާމިޔާބު ކޮށްފައެވެ. އަންމޯ އައްޕޯ ޓީމަށް ޖެހުނު ހަމައެކަނި ލަޑު ޖަހައިދިނީ ސެހެރީޒާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތޭރަތިތީސްގެ ނަޖުމާ އެވެ.
- ފެއާޕްލޭ ކުޅުންތެރިޔާ: އާމިނަތު ޝަޒުނާ (ރާމޯސް) / ތޭރަތިރީސް
- ޓޮޕްސްކޯރަރ: ސުވައިދާ / މަންމީސް
- އެންމެ މޮޅު 5 ކުޅުންތެރިން:
- ޒުލައިޚާ / ތޭރަތިރީސް
- ލީލާ / އަންމޯއައްޕޯ
- ނަޖުމާ / ތޭރަތިރީސް
- ޝިރުމީނާ / ތޭރަތިރީސް
- ސުވައިދާ / މަންމީސް
- އެންމެމޮޅު ކުޅުންތެރިޔާ : ސުވައިދާ / މަންމީސް

މީގެ އިތުރުން ރޭ ވަނީ ފިރިހެނުގެ ސެމީ ދެވަނަ މެޗު ވެސްކުޅެފައެވެ. މިމެޗުގައި ބައްދަލުކުރީ ފުރަތަ ސެމީ ފައިނަލުން ބަލިވި ޑެޑީސް އެފްސީ އާއި އެފްސީ ފަޤީރާ (ޅައިމަގު) އެވެ. 4-2 ކާމިޔާބު ކުރީ ޑެޑީސް އެފްސީ އެވެ. ޑެޑީސް އެފްސީގެ އަޒީޒް 2 ލަޑު ޖެހިއިރު ޔޫއްޓޭ ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަނެއްލަނޑަކި އެފްސީ ފަޤީރާގެ ކީޕަރު އަބޯ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ. އެފްސީ ފަގީރާއަށް ދެ ލަޑުވެސް ކާމިޔާބު ކޮށްދިނީ އަޒުމް އެވެ.
އެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެޑީސް ޓީމުގެ އަޒީޒެވެ.
ޓީއާމޯސް އަދި ޑެޑީސްއެފްސީ ޓީމު ބައްދަލުކުރާ ފައިނަލް މިރޭ ކުޅުމަށް ވަނީ ތާވަލު ކޮށްފައެވެ.
ޕޮޓޯ: ޔުނިޓީ ކަޕް ފޭސްބުކް ޕޭޖް


