ހަނިމާދޫ ސްކޫލުގެ އާއިލާއަށް އުފާވެރި ހަބަރެއް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލްގައި ހުރި ކޮންމެހެން ހައްލު ކުރަންޖެހޭ ކަމެއްގެ ވާހަކަ އަޅުގަނޑުމެންވާނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ތަފާތު އެކި ވަސީލަތްތައް މެދުވެރިކޮށް ތިޔަ ކިޔުންތެރިންނާހަމަށް ގެނެސްދީފައެވެ. 2015 ވަނަ އަހަރުގައި ކިޔަވައިދޭން ފެށި ހަނިމާދޫ އާ ސްކޫލުގެ ފުރާޅުން މާ ގިނަ ދުވަސްތަކެއް ނުވެ ފެން ފައިބަމުން ގޮސް އެތަނުގައި ކިޔަވައި ދިނުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ވާހަކައެވެ.

މިއަދު ދައްކަން މި އުޅެނީ އެތަނުން ފެން ފައިބާ ވާހަކައެއް ނޫނެވެ. ތަފާތު ދެ ފަހަރެއްގެމަތިން އިއުލާން ކުރެވި އެކަމަށް ހައްލު ލިބުނު ވާހަކައެވެ. 3 އޮގަސްޓު ގައި ކުރި އިޢުލާނަށް 13 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ދިމާވި އިދާރީ މައްސަލަތަކެއްގެ ސަބަބުން 9 ސެޕްޓެމްބަރ 2020 ގައި ވަނީ އަލުން އިއުލާން ކުރެވިފައިއެވެ. މި އިއުލާނުގައި ވަނީ އަމިއްލަ ތަކެތީގައި ފުރާޅުގެ ޓިނު ބަދަލު ކޮއްދޭނެ ފަރާތެއް ހޯދުމަށެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިސްވެ ބަޔާން ކުރެވުނު އިއުލާނާ ގުޅިގެން 6 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ބިޑް ކޮމިޓީއިން ދިރާސާކޮށް އެންމެ މަތީ މާކްސް ހޯދި ފަރާތް ކަމުގައިވާ ޕާރފެކްޓް މަލަފެހި މޯލްޑިވްސް އާ އެކު 5 އޮކްޓޯބަރ 2020 ދުވަހު ވަނީ އެއްބަސްވުމުގައި ސޮއި ކުރެވިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ސްކޫލްގެ އޮފީހުގައެވެ. ހަނިމާދޫ ސްކޫލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުލް މުހްސިން ޢަބްދުލް ލަތީފުއެވެ. މަލަފެހި ކުންފުނީގެ ފަރާތުން އެއްބަސް ވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޙަސަން އެވެ.

އެއްބަސް ވުމުގައި ސޮއިކުރެވުމާއެކު ޕާރފެކްޓް މަލަފެހި މޯލްޑިވްސްއިން ވަނީ މިއަދު ފުރާޅުގެ ޓިނު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ހަމަޖެހިފައިވާ ގޮތަށް މަސައްކަތް ދާނަމަ 15 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި ކަމަށް މިނިސްޓްރީގެ ފަރާތުން އައްލައްކަ ފަންސާސް ހަތްހާސް ހަސަތޭކަ ހަތަރު ރުފިޔާ ނުވަދިހަ ތިން ލާރި ހަރަދު ކުރާކަމަށް ހަނިމާދޫ ސްކޫލުގެެ އިދާރާއިން މައުލޫމާތު ދެއެވެ.

https://www.facebook.com/417690552025385/posts/965085350619233/

ފޮޓޯ : ހަނިމާދޫ ސްކޫލް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ