އިންޑިއާ މީހުން ބޭނުން ނަމަ ދިވެހިން މަރާލާފައިވެސް ދިވެހިރާއްޖޭގެ މައްޗަށް ވެރިވެވިދާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވުމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ބިން ޖަނާބު ފައްޔާޒަށް ރައްދު ދެއްވައިފިއެވެ.
ޝެއިހް އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، “ދިވެހީން މަރާފައި ވިޔަސް ރާއްޖެ އެމީހުންގެ ބާރުގެދަށަށްގެންދާނެ” މި ބަހަކީ އިންޑިއާގެ ޣައިރު މުސްލިމަކުވެސް ދިވެހިރާއްޖެއާމެދު ބުނެ ވީއްލަން ކެރޭނެ ބަހެކޭ ހިތަކަށް ނާރާކަމަށެވެ. އަދި މިފަދައިން ބުނާ މީހުންނަށް ހަނދާންކޮށްދޭން އޮތީ ބާރުތަކުގެ ވެރި ހަޤީޤީ ބާރަކީ ގަދަ ކީރިތި ﷲ ކަމަށް ޝެއިހް އަބްދުﷲ ވިދާޅުވިއެވެ.
“ﷲ ނޫން ފަރާތެއްގެ އަތަކު؛ބޭނުންކަމެއް، ބޭނުންވާ ގޮތަށް ކުރުމުގެ އިޚްތިޔާރެއްވެސް، އަދި ކުޅަދާނަކަމެއްވެސް އަމުދުން ނުވެސް އޮންނާނެ” ޝެއިހް އަބްދުﷲ ވިދާޅުވިއެވެ.


