ހދ.ހަނިމާދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހަނިމާދޫ ކައުންސިލްގެ ޒިމާދާރު ވެރިޔާ އިބްރާހިމް ޢަލީ ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަނިމާދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހެދި ޓެސްޓް ޕޮޒިޓިވް ވެފައިވާކަމަށެވެ.
އޭނާ މިހާރުވެސް ހުރީ ހޯމްކަރަންޓީނުގައި ކަމަށާއި، އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ.


