ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 67 ޕަސަންޓު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގައި ހިމެނޭ ކަންކަމުގެ ތެރެއިން ހޮޅިވަޅުލުމުގެ މަސައްކަތުގެ 67 ޕަސަންޓު މިހާރު ނިންމާލާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަމީޓަރުގެ ސަރަހައްދަކާއި މަގުގައި ދުއްވޭ ގޮތަށް 28،916 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކުރުމުގެ އިތުރުން 19،679.7 އަކަމީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއިން ކުރާނެ އެވެ.
ޖުމްލަ 46.7 މިލިއަން ރުފިޔާގެ އެ މަޝްރޫއު މޮބިލައިޒްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން 15 ވަނަ ދުވަހު އެވެ.


