ހދ.ކުމުންދޫ ހަދާ ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
މިއީ އަތޮޅުތެރޭގައި ހުރި ދުވަސްވީ އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެތައް އެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.
ހދ.ކުމުންދޫގައި ހަދާ ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތުގެ ބިންގާ އެޅީ އެކަމަށް ހާއްސަކޮށްގެން ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަލުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދާއި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު އެވެ.


