އައްޑޫގެ މާރާމާރީއެއްގައި ވަޅިން މީހަކު “ކޮށާލައިފި”

ޚަބަރު ފަހުގެ

އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ “ކޮށާލައިފި” އެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރަމާރީގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ ދަންވަރު 12:38 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނީ، އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްވެފައިވާ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާ ލިބުނު މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވެއެވެ.

ޒަޚަމްވެ މީހާގެ ފޮޓޯތަކެއް މިހާރު ދުރުވާއިރު އެގޮތުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ކަތިވަޅިއެއް ފަދަ ތޫނުއެއްޗަކުން ސީރިއަސް ޒަޚަމްތައް ދީފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޒުވާނާ އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުއްޓެވެ.

އެއް ފޮޓޯ އިންއަނިޔާވެފައި އޮތް މީހާ ވެއްޓިފައި އޮތީ ޒަހަމްވި އަތުގައި ހިފަހައްޓާލައިގެންނެވެ. އެ ޒުވާނާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އާއި ޝަހާދަތް އިނގިލި ވެސް ފެންނަން ނެތް އިރު، އަތް ތިލައިގެ ބޮޑު ބައެއް ވަނީ ބުރިކޮށްލައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ