ހަނިމާދޫ ސްކޫލްގެ އޮންލައިން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލުގެ ދީނީރޫޙްގެ ފަރާތުން އިންތިޒާމްކޮށް، ކުރިޔަށް ގެދިޔަ އެ ސްކޫލުގެ ފުރަތަމަ އޮންލައިން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. ރޭ ގޫގުލް މީޓް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ މި ޖަލުސާގައި ވަނީ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށާއި ޖަޖުންނަށް އޮންލައިން ކޮން ސެޓްފިކެޓް އަރުވާފައެވެ.

މުޅި ޖުމްލަ 69 ދަރިވަރުން ބައިވެރިވާން ފޯމް ހުށައެޅި ނަމަވެސް ދިމާވި އެކި ސަބަބު ތަކާހުރެ 2 ކުދިން ވަކިވި ކަމުގައި ވީ ނަމަވެސް 67 ދަރިވަރުން ކިޔެވުން ހުށައަޅަދީފައި ވެއެވެ. ކިޔެވުން ކުރިޔަށް ގެންދިޔައީ ދަރިވަރުން 4 ކީ-ސްޓޭޖަށް ބަހާލައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކީ-ސްޓޭޖު 1 ގައި 28 ދަރިވަރުން ކިޔެވިއިރު އެދަރިވަރުން ކިޔަވާފައިވަނީ ފަޖުރު ސޫރަތުން 29 ވަނަ ފޮތުގެ ނިޔަލަށެވެ. ކީސްޓޭޖް 1ން ވަނަވަނައަށް ގޮސްފައި ވަނީ

ކީސްޓޭޖް 2 ގައި 22 ދަރިވަރުން ކިޔެވިއިރު އެދަރިވަރުން ކިޔަވާފައިވަނީ 28 ވަނަފޮތުން ފެށިގެން 26 ވަނަ ފޮތުގެ ނިޔަލަށެވެ.
ކީސްޓޭޖް 2ކުން ވަނަވަނައަށް ގޮސްފައި ވަނީ

ކީ-ސްޓޭޖް 3 ގައި 09 ދަރިވަރުން ކިޔެވިއިރު އެދަރިވަރުން ކިޔަވާފައިވަނީ 26 ވަނަ ފޮތުން ފެށިގެން 24 ވަނަ ފޮތުގެ ނިޔަލަށެވެ.
ކީސްޓޭޖް 3ކުން ވަނަވަނައަށް ގޮސްފައި ވަނީ

ކީ-ސްޓޭޖް 4 ގައި 8 ދަރިވަރުން ކިޔަވިއިރު އެދަރިވަރުން ކިޔަވާފައިވަނީ 25 ވަނަ ފޮތުން ފެށިގެން 21 ވަނަ ފޮތުގެ ނިޔަލަކަމަށެވެ.
ކީސްޓޭޖް 4ކުން ވަނަވަނައަށް ގޮސްފައި ވަނީ

(ނޯޓް:ދަރިވަރު ކިޔެވުން އަޑު އަހާލުމަށް ދަރިވަރުގެ ނަމަށް އޮބާލާ)

މި މުބާރާތުގައި ފަޑިޔާރުންގެ މަސަކަތްތައް ކުރިއަށްގެންދިޔާ އެބޭފުޅަކު ހުރިތަނަކުން އޮންލައިން ކޮށެވެ. މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ޙަރަކާތްތެރިވެލެއްވީ އިސްކަންދަރު ސްކޫލުގެ ޤުރުއާން މުދައްރިސް އަލްޤާރީ ނިޝާންދު ޙުސައިން، ހދ އެޓޯލް ސްކޫލްގެ ޤުރުއާން މުދައްރިސް އަލްފާޟިލް އަނަސް ޙުސައިން އަދި ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ނަސީމް މެވެ.

ރޭގެ ރަސްމިއްޔާތުގައި މުބާރާތާއި ގުޅޭގޮތުން މުބާރާތުގެ ފަނޑިޔާރުންގެ ތެރެއިން ވާހަކަފުޅު ދައްކަވާފައިވަނީ އަލްޤާރީ ނިޝާންދު ހުސައިންއެވެ. ނިޝާންދުގެ ވާހަކަފުޅުގައި ވިދާޅުވީ ޖުމުލަ ގޮތެއްގައި ކިޔެވުން ރަނގަޅު ކަމަށާއި، އެހެނަސް ރަނގަޅު ކުރަން ޖެހޭނެ ކަންތައް އަބަދުވެސް ހުންނާނެކަމަށެވެ. އެގޮތުން ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން ދަރިވަރުންނަށް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ 3 ދަރިވަރަކަށް މުޅި މުބާރާތުން އެއްވަނަ ލިބުމަކީ ވަރަށް ނުވާ ކަމެށް ކަމަށާއި މިފަހަރު މިއޮތީ 3 ޖަޖުންގެ އިއްތިފާގުން އެކަން ވެފައި ކަމަށެވެ. މި ދަރިވަރުންނަށް 1 ވަނަ ލިބިފައިވަނީ ލިބުނު މާކުސް އެއްވަރުވުމުންނެވެ.
ލިބުނު މާކުސް އެއްވަރުވެ 1 ވަނައަށް ހޮވިފައިވަނީ

  • މަރްޔަމް އިބާ / އެނގަކުރި، ހދ.ހަނިމާދޫ
  • ފާޠިމަތު ފަރަޚަ / ފެންފިޔާޒުގެ، ހދ.ހަނިމާދޫ
  • އާޔަން އިބްރާހިމް ސަވާދު / މ.ސްވީޓްރީމްސް، ކ.މާލެ

މުޅިމުބާރަތުގެ ދެވަނައަށް ހޮވިފައި ވަނީ ހިދަޔާ މުހައްމަދު، އުޑުވިލާ، ހދ.ހަނިމާދޫއެވެ. ތިންވަނައަށް ހޮވިފައިވަނީ އައްޔޫބް އަބްދުﷲ ރަޝީދު، ކޮރަލް، ހދ.ހަނިމާދޫއެވެ.

މީގެ އިތުރު މި ރަސްމިއްޔާތުގައި ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މުޙްސިން އަބްދުއްލަޠީފު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމަކީ އިސްލާމް ދީނުގައި މަތިވެރި ދަރުމަ ހުރި ކަންކަން ކަމަށާއި ދަރިވަރުންނަށް ޤުރުއާން އުނގެނި އެ ފޮތް ގިނައިން ކިޔެވުމަށް ނަޞޭހަތްތެރިވާކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

މިއީ ދަރިވަރުންގެ ހިތުގައި ޤުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ ހަމަތަކަށް ޤުރުއާން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމުގެ ރޫޙް އާލާކުރުމުގެ ގޮތުން ހަނިމާދޫ ސްކޫލް އިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ