ހަނިމާދޫ ކައުންސިލުން ހަނިމާދޫ ރައްޔިތުންނަށް މާސްކްބަހަން ފަށައިފިއެވެ. މިއަދު ހަވީރު 16:00 ގައި ހަނިމާދޫ ކައުންސިލުން މާސްކުތައް ބަހަން ފެށިއިރު، މާސްކް ބެހުމުގައި ހަރަކާތްތެރިވަނީ ހަނިމާދޫ ސްކޫލް ކެޑޭޓް ކުދިންނެވެ.
ހަނިމާދޫ ކައުންސިލުން މިކަމާ ގުޅޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މި ބަހަންފެށީ އެކި ދުވަސް މަތިން އެކިފަރާތްތަކުން ހަދިޔާ ކޮށްފައިވާ މާސްކު ކަމަށާއި، ދުވާލަކު 800 ވަރަކަށް މާސްކް ބަހާނެ ކަމަށް ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ހަނިމާދޫ ސްކޫލްގައި އެދުނީ މިކަމުގައި ކެޓޭޓް ޝާމިލް ކޮށްދޭން، އެފަރާތުން ވަރަށް އަވަހަށް މި ކަންކުރަން މަގުފަހި ވާނެހެން ކުދިން ހަމަޖައްސައިދެއްވި، މިއަދު 800 މަސްކު އެކުދި ވާނި ބަހާފަ” އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މާސްކް ބަހަން ނުކުންނާނެ ކަމަށް ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ.
ހަނިމާދޫެއިން ކޮވިޑްގެ 2 ކޭސް އެކްޓިވްވިއިރު އެދެމީހުން ވެސް ތިބީ ކަރަންޓީންގައެވެ. އެއީ ދިވެއްސަކާއި ފަތުރުވެރިއެކެވެ. ގެސްޓް ހައުސް ހުޅުވާފައި ހުންނަ ރަށްތަކުގައި މާސްކް އަޅައިގެން އުޅެން ވަނީ އެޗް.ޕީ.އޭ އިން އިލްތިމާސް ކޮށްފައެވެ.


