ކާރެއް ކޮންޓްރޯލް ނުވެ ޙަރަމްފުޅު ދޮރަށް މުޑިއަރައިފި

ޚަބަރު ފަހުގެ

ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ޙަރަމް ސަރަހައްދަށް ވަދެ މިސްކިތުގެ ދޮރަށް މުޑި އަރައިފިއެވެ.

ސައުދީ ގަޑިން ރޭ 10:25 އެހާކަންހާއިރު ހިނގި މިހާދިސާގެ މާބޮޑު ތަފްސީލުތަކެއް އަދި އާއްމުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ކާރު ޙަރަމް ސަރަހައްދަށް ވަދެގެންދާ ވީޑިއޯ ވަނީ އާއްމުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސައުދީގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މިކާރު ދުއްވަން އިނީ އެ ޤައުމުގެ ރައްޔިތެކެވެ. އަދި އޭނާއާއި އެކު ކާރު ގޮސް ޙަރަމްގެ 89 ވަނަ ދޮރުގައި ޖެހުމުން އެމީހާ ފިލިކަމަށްވެއެވެ. އަދި އޭނާ ފެނުނީ ޙަރަމް ބޮޑުކުރުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދުންނެވެ.

މައްކާގެ ޙަރަމްފުޅުގެ ބޭރުން އޮންނަ ކޮމްޕައުންޑް ސަރަހައްދަކީވެސް ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. އާއްމުކޮށް މިސްކިތް ފުރުމުން މި ސަރަހައްދު ފުރި އެތައް ހިސާބަކަށް މީހުން ނަމާދުގައި ޖަމާއަތުގެ ސަފުތައް ދެމިގެން ދެއެވެ.

މި ސަރަހައްދަކީ އެއްވެސް ބާވަތެއްގެ ވެހިކަލެއް ވަނުން މަނާ ސަރަހައްދަށް ވުމުން މި ކާރަށް އެ ސަރަހަދަށް ވަން ގޮތެއް އަދި ނޭގެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ