ކަނޑިންމަ ރިސޯޓުން އިއްޔެ ނެގި ރެންޑަމް 20 ސާމްޕަލްވެސް ޕޮޒިޓިވް

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ކަނޑިންމަ ރިސޯޓުން އިއްޔެ ނެގި 20 ރެންޑަމް ސާމްޕަލްވެސް ޕޮޒިޓިވްވެފައިވާ ކަމަށް ދ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. ކޯވިޑް-19 ބަލީގައި ހާލުދެރަވެގެން އެރިސޯޓުން މިދިޔަ ހުކުރު ދުވަހުވަނީ މީހަކު ނިޔާވެފައެވެ. މި މީހާ ނިޔާވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ނަމަވެސް އެމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ނިޔާވިފަހުން ނެގި ސާމްޕަލްއަކުންނެވެ.

މިއާއި ގުޅިގެން ކަނޑިންމަ ރިސޯޓުން އިއްޔެވަނީ ރެންޑަމް 20ސާމްޕަލް ނަގާ ޓެސްޓުކޮށްފައެވެ. ދ.ކުޑަހުވަދޫގައި ހުންނަން ދ.އަތޮޅު ހޮސްޕިޓަލުން ބުނީ ކަނޑިންމަ ރިސޯޓުން ނެގި 20 ރެންޑަމް ސާޕްލްވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކަނޑިންމަ ރިސޯޓުން ބަލި ފެނުމާއި ގުޅިގެން މިއަދު އެ ރިސޯޓަށް ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އެޗްއީއޯސީން ރޭވަނީ ހާމަކޮށްފައެވެ. މިޓީމަކީ އެރަށުގައި ތިބި ބަލީގެ ޢަލާމާތްތައްހުރި މީހުން ދެނެގަތުމާއި، ކޮންޓެކްޓް ޓްރޭސިންގއާއި، ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް ފޮނުވާ ޓީމެކެވެ.

އެ ރިސޯޓުން ޕޮޒިޓިވް ކޭސް ފެނުމާއި ގުޅިގެން، މިހާރުވަނީ ރިސޯޓް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ