( 28 އޮކްޓޯބަރ 2020 އާ ގުޅޭ)
“އެހެންތަ؟ ޖަސްޓް ފްރެންޑްސް ލޯބީ ބޭބީ ކިޔާފަ ވާހަކަ ދައްކާ ކަމެއް މަށަކަށް ނޭނގެ..” އިޒާނީ ދެއްކި ވާހަކައިން ޒަޔާން އިތުރަށް ރުޅި ގަދަވުން ނޫން ކަމެއް ނުވިއެވެ. އޭނާގެ އުނަގަނޑުގައި ވަށާލެވިފައި އޮތް އިޒާނީގެ އަތް ގަދަކަމުން ނައްޓުވާލުމަށްފަހު ޒަޔާން ގެއިން ނިކުމެގެން ދިޔައެވެ. ގުޑިލަންވެސް ނޭނގިފައި އިޒާނީ ހުރީއެވެ.
ގަޑިން މެންދަމު ބާރަ ޖެހީއެވެ. އިރު އޮއްސުނު ވަގުތު ބޭރަށް ދިޔަ ގޮތަށް ޒަޔާން އަދިވެސް ގެއަކަށް ނާދެއެވެ. އެކަމާ ފިކުރު ބޮޑުވެގެން އިޒާނީ އެތަށް ފަހަރަކު ޒަޔާންއަށް ގުޅައިފިއެވެ. އެކަމަކު ފޯނަށް ޖަވާބެއް ނުދެއެވެ. އެހެންކަމުން ޒަޔާން އަންނަންދެން އިޒާނީ އެއިނީ ސިޓިންގރޫމު ސޯފާގައި ޒަޔާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިނދެ ނިދި އަންނަން ފެށުމުން އިޒާނީ ޓީވީ ހުޅުވާލިއެވެ. ޓީވީއަށް ބަލަހައްޓައިގެން އިނަސް، އޭނާގެ ސިކުނޑިއަށް ވަނީ ބަރުވެފައެވެ. ޒަޔާން އެހާ ރުޅި ގަދަވެފައި ހުއްޓާ އިޒާނީ އަަދި ނުދެކެއެވެ.
ޒަވާޖީ ހަޔާތެއްގައި ގިނަ ވަގުތު އަވި ދީފައި އޮންނަ ނަމަވެސް ވާރޭ ވެހިދާނެ ކަމަށްވެސް ތައްޔާރު ވާން ޖެހެއެވެ. ބައެއް ފަހަރު ބޮޑެތި ތޫފާން އައިސް، ޒަވާޖީ ގުޅުން ފުނޑުފުނޑު ކޮށްލާ ފަހަރުވެސް އާދެއެވެ. އެފަދަ ތޫފާންތަކުން ރައްކާތެރި ވެވޭނީ ދެމަފިރިންވެސް އެކަކު އަނެކަކަށް އިތުބާރުކޮށް، ކުށެއް ކުރެވިއްޖެ ނަމަ ރުޅި އިސްކުރުމުގެ ބަދަލުގައިި، އެކަކު އަނެކަކަށް މައާފުކޮށްގެންނެވެ. އިޒާނީ ގަބޫލު ކުރާ ގޮތުގައި ކުށް ކުރީ އޭނާއެވެ. އެއްވެސް ފިރިޔަކު އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާއި ވާހަކަ ދައްކާކަށް ނޭޭދޭނެއެވެ. އެހިސާބުން ޒަޔާން ހިތް ހަމަ ނުޖެހޭ އެއްވެސް ކަމެއް ނުކުރުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ.
އެޕާޓްމެންޓްގެ ދޮރު ހުޅުވާލަމުން ޒަޔާން އެތެރެއަށް ވަނެވެ. އެވަގުތު މުޅި ތަނުން އިވެމުން ދިޔައި ހުޅުވާފައިހުރި ޓީވީގެ އަޑެވެ. އެދިމާ ބަލާލުމުން ސޯފާގައި ނިދާފައި އޮތް އިޒާނީ އޭނާގެ ލޮލުގައި އަޅައިގަތެވެ. އަދި އެ ދިމާލަށް އޭނާ ހިނގައިގަތެވެ. ސޯފާ ކައިރިއަށް ހުއްޓެމުން، ކުޑަ މޭޒުމަތީގައި އޮތް އިޒާނީގެ ފޯނު ނަގާ އޭނާގެ އިނގިލީގައި ޒަޔާން ޖައްސާލިއެވެ. އިޒާނީގެ ކަނާއަތުގެ ބޮޑު އިނގިލި ޖެހުމާއެކު އެ ފޯނު ހުޅުވުނެވެ. އެ ފޯނު ބެލުމުން އިޒާނީގެ ގިނަ ރައްޓެހިންނަކީ ފިރިހެން ކުދިން ކަން ޒަޔާންއަށް އެނގުނެވެ. އެކުދިންނާއި އިޒާނީ ވާހަކަ ދައްކާފައި ހުރީ ވަރަށްވެސް ގާތްކޮށްށެވެ. އެކަން ޒަޔާންއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އޭނާއަށް އިޒާނީ ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ.
އިޒާނީގެ ފޯނު ކުރިން އޮތް ގޮތަށް މޭޒުމަތީ ބޭއްވުމަށްފަހު، ވައިސޫރިއެއްހެން ގޮސް ކޮޓަރިއަށް ވަދެ ޒަޔާން ބާރަށް ދޮރުޖެހިއެވެ. އެ އަޑަށް، ނިދާފައި އޮތް އިޒާނީގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ޒަޔާން އައީކަން އޭނާއަށް އެނގުނެވެ. ހަމައެއާއެކު، އޭނާގެ ރުޅިގަނޑުވެސް މައިތިރި ނުވާކަން އިޒާނީއަށް ވިސްނުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އިޒާނީ ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ޒަޔާން އޮތީ އެނދުގައި އޮށޯވެގެންނެވެ. އޭނާ އެއް އަތް ނިއްކުރިމަތީ ބާއްވާލައިގެން ލޯ މަރާލައިގެން އޮތް އިރު، އެއޮތީ ކަމަކާ ނުރުހިފައިކަން މޫނުމަތިން ފެންނަން ހުއްޓެވެ.
“ޔާން.. އައި ލަވް ޔޫ. ދެން ދުވަހަކުވެސް އެހެން ބޯއި އަކާ ވާހަކައެއް ނުދައްކާނަން. ޕްރޮމިސް.” ޒަޔާން ކައިރީގައި އޮށޯންނަމުން އިޒާނީ ބުނެލިއެވެ. އެ އަޑު ޒަޔާންއަށް އިވުނު ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ. އޭނާ އަނގައިން ނުބުނެ ލޯ މަރައިގެން އޮތް ގޮތަށް އޮތީއެވެ. ކުޑަ މިނުން އިޒާނީއާއި ދިމާލަށް ބަލާވެސް ނުލިއެވެ.
“ޔާން… އައި ލަވްް ޔޫ.” ޒަޔާން ވާހަކަ ނުދެއްކުމުން އިޒާނީ އިތުރަށް އޭނާއާ ގާތަށް ޖެހެލިއެވެ. “އައިމް ސޮރީ.” އަދި ޒަޔާންގެ ކިބައިން މައާފަށް އެދުނެވެ.
“އިޓްސް އޯކޭ. ދެން ނިދާ.” އެހެން ބުނެ، އިޒާނީއާއި ދުރަށް ޒަޔާންގެ މޫނު އަނބުރާލިއެވެ ޒަޔާންގެ މޭމަތީ އޮތް އިޒާނީގެ އަތް ދުރަށް ޖައްސާލަމުންނެެވެ. އެ އަމަލުން، އޭނާ އެއޮތީ އަދިވެސް ހިތްހަމަ ނުޖެހިފައިކަން އިޒާނީއަށް އެނގުނެވެ. އެވަގުތު ޒަޔާން އުފާކޮށްލާނޭ ގޮތް އިޒާނީއަށް އެނގެއެވެ. އެހެންކަމުން، އެނދުން ތެދުވެ އޭނާ ގޮސް ފާހާނާއަށް ވަނެވެ. އަދި ގައި ދޮވެލައިގެން ނިކުތީ ހުސް އެކަނި ތުވާލި ގައިގައި އޮޅާލައިގެންނެވެ.
އޭނާ ގޮސް ޒަޔާންގެ ކުރިމައްޗަށް ހުއްޓިލައި، ގައިގައި އޮޅާފައި އޮތް ތުވާލި ގައިން ވަކިކޮށްލިއެވެ. އެދަށް އަރާ ޒަޔާން ގައިގައި ބައްދާލިއެވެ. އަދި ޒަޔާންގެ މޫނާއި ކައިރިވެލާ އޭނާގެ ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ޒަޔާންގެ އަތުން އިޒާނީގެ އިސްތަށިގަނޑުގައި ހިފާ ބާރަށް ދަމާލިއެވެ. އިޒާނީގެ އިސްތަށިގަނޑުގެ ބޮޑު ބައި އޮތީ ޒަޔާންގެ މުށުތެރޭގައެވެ. ވީ ތަދާއެކު ދުރަށް ޖެހެން އިޒާނީ މަސައްކަތް ކުރިއެވެ. ނަމަވެސް ޒަޔާންގެ ބާރުގަދަ ދެއަތުން އިޒާނީގެ ހަށިގަނޑު ހައްޔަރުކޮށްފައި އޮތް ކަހަލައެވެ. މީގެ ކުރިން ލިބުނު އޯގާތެރި ފިރުމުންތައް، އަނިޔާވެރި ވަކިތަކަކަށް ވާކަށް މާ ގިނަ އިރެެއް ނުވިއެވެ.
“ޒަޔާން، ތަދުވެޔޭ އެބަ..” އިޒާނީގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. “ޕްލީޒް ސްޓޮޕް..” ހުއްޓާލުމަށް އިޒާނީ އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އެކަމަށް ޒަޔާން ފަރުވާލެއް ނުބެހެއްޓިއެވެ. އިޒާނީ ރޮއެފައި އާދޭސް ކުރަމުން ދިޔަ ވަރަކަށް ޒަޔާންއަށް ލިބެމުންދިޔަ ހިތްހަމަޖެހުން އިތުރުވީ ކަހަލައެވެ. އެވަގުތު އޭނާގެ ހިޔާލަށް އައީ އިޒާނީގެ ބައްޕަ އޭނާގެ ދައްތައަށް ހެދި ގޮތެވެ. އޭނާގެ ދައްތަވެސް އެފަދައިން އާދޭސް ކުރާނެކަން ޔަގީނެވެ. އެހެނަސް އެ އާދޭސްތަކަށް ބީރު ކަންފަތެއް ދީ، ޒަޔާން ދައްތަގެ އިއްފަތްތެރިކަން ނަގާލީ އިޒާނީގެ ބައްޕައެވެ. އެ ހިޔާލުތައް ސިކުނޑިއަަށް ފުނިޖެހުމާއެކު ޒަޔާންގެ ހަރަކާތް އަވަސްވިއެވެ.
އިޒާނީ އޮތީ ހިރިލަން ވެސް ނުކެރިފައެވެ. ސީލިންގަށް ބަލަހައްޓައިގެން އޮތް އިޒާނީގެ ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަތައް ބާލީހަށް ފޭދެމުން ދިޔައެވެ. އޭނާގެ ގައިގައި އަޅަމުން ދިޔަ ވޭނަށް ވުރެ ބޮޑަށް އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން މާ ބޮޑެވެ. ޒަޔާންގެ ފުށުން އެފަދަ އަނިޔާއެއް ލިބިދާނެކަމަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ނަމަވެސް އެއީ ޒަޔާން ރުޅި އައިސް ހުރުމުން ވީ ކަމެއް ކަމަށް ނިންމާާ، އިޒާނީ ހިތް ހަމަ ޖައްސާލިއެވެ.
ޒަޔާންގެ އަތުގައި އޮތް ޓިޝޫ ބޮނޑިކޮށްލުމަށްފަހު ބިންމައްޗަށް ވައްޓާލިއެވެ. އަދި ހިމޭނުން އޮތް އިޒާނީއާއި ދިމާލަށް އޭނާ ބަލާލިއެވެ. އޭނާގެ ގައިގެ އެތަން މިތަން ރަތް ވެފައި ހުއްޓެވެ. ތުންފަތުގައި ލޭގެ އަސަރު ވެސް ހުއްޓެވެ. އެއީ ހަމަ ޒަޔާންއަށް ކުރެވުނު ކަމެއްތޯ އޭނާ ހިތަށް އެރިއެވެ. އިޒާނީގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ޒަޔާންއަށް ފެނުނީ އެވަގުތެވެ. އެ މަންޒަރު ފެނުމުން ޒަޔާންގެ ހިތް ހަމްދަރުދީން ފުރިގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އިޒާނީ ކައިރިއަށް ޖެހެލިއެވެ. އޭނާ އިޒާނީގެ މޫނުގައި އަތްލުމާއެކު އިޒާނީ ދިޔައީ ސިއްސައިގެންނެވެ.
“ސޮރީ، މައި ލަވް.. އައިމް ސޯ ސޮރީ.” އިޒާނީގެ މޫނުގައި ޒަޔާންގެ މޫނު ޖައްސާލަމުން، އޭނާއަށް ކުރެވުނު ކަންކަމަށް މައާފަށް އެދުނެވެ. އެއާއެކު އިޒާނީގެ ބަޑި ފަޅައިގެންދިޔައެވެ. އަދި އޭނާގެ ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ހިފާލިއެވެ.
“ގަސްތަކު ނޫނޭ، ބޭބީ. މާ ބޮޑަށް ރުޅި އާދެވުނީ. ވަރަށް ބޮޑަށް ސޮރީ.” އިޒާނީގެ ހަށިގަނޑުގައި އޯގާތެރިކަމާއެކު ފިރުމަމުން ޒަޔާން ތަކުރާރުކޮށް މައާފަށް އެދުނެވެ. ނަމަވެސް އެ ފިރުމުންތަކުން އިޒާނީއަށް ލިބުނު އަރާމެއް ނެތެވެ. ޒަޔާން އަތް ޖައްސާލި ކޮންމެ ފަހަރަކު އިޒާނީ ދަނީ ސިހިގެންނެވެ. ޒަޔާން އަތް ލާ ކޮންމެ ތަނަކުން ދަނީ ތޫނު ދިލައެއް ނަގައިގެންނެވެ. އެ ބީހުން ތަކުން އިޒާނީގެ ހިތާއި ސިކުނޑިއަށް ލިބެމުންދިޔަ އަނިޔާވެސް ދެގުން ވީ ކަހަލައެވެ.
“އައި ލަވް ޔޫ.” ޒަޔާން އުޅުނީ އިޒާނީ މަސަލަސް ކުރެވޭތޯއެވެ. ނަމަވެސް އެތަށް އިރެއް ވީ އިރުވެސް އޭނާ ރުއިން ހުއްޓާ ނުލުމުން ޒަޔާން ތެދުވެ ގޮސް ވަނީ ފާހާނާއަށެވެ. އެތާ ހުރި ބިލިގާއަށް ފެން އަޅަން ޖެއްސުމަށްފަހު ކޮޓަރިއަށް ވަދެ އިޒާނީ އަތްދަނޑިމަތީ ނަގައިގެން ގެންގޮސް ބިލިގާތެރޭގައި ބޭންދިއެވެ. އަދި އިޒާނީގެ ގައި ދޮވެދޭން ފެށިއެވެ.
ތާފަނާ ފެން ޖެހުމުން އިޒާނީގެ ހަށިގަނޑުން ނަގަމުން ދިޔަ ދިލަ މަޑުވެ ހަށިގަނޑަށް އަރާމްވިއެވެ. ޒަޔާން އޭނާގެ ގައި ދޮވެދެމުން ދިޔައީ ނުހަނު އޯގާތެރި ކަމާއެކުގައެވެ. އިރު އިރުކޮޅާ އިޒާނީގެ މޫނަށް އޭނާ ބަލާލައެވެ. ކުޑަ އިރުކޮޅެއް ކުރިން އަނިޔާ ދެމުން ދިޔަ އަތުން މިހާރު އިޒާނީ ގައިގައި ފިރުމާދެމުން ދާތީ އޭނާ އިނީ ހައިރާންވެ، ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ޒަޔާން އަކީ ގޯސް މީހެއް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެހެން އެވީ އިޒާނީގެ ސަބަބުން ކަމަށް އޭނާ ނިންމިއެވެ. އަދި އެ އަނިޔާ އަކީވެސް ލިބުން ހައްގު އަނިޔާތަކެއް ކަމަށް އޭނާ ގަބޫލު ކުރިއެވެ.
އެހެން އިންދާ އިޒާނީގެ ދަށް ބަނޑުގައި ތޫނު ރިހުމެއް އުފެދިގެންދިޔައެވެ. އަދި މާ ގިނަ އިރެއް ނުވެ ބިލިގާތެރޭގައި ހުރި ފެނުގެ ކުލަ ބަދަލުވާން ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި މުޅި ބިލިގާރެރޭ ރަތްކުލަ ފާއްދާލިއެވެ. އިޒާނީގެ ދެލޯ ބޮޑުވެގެން ދިޔައީ އެވާން އުޅެނީ ކިހާވަރެއްގެ ކަމެއް ކަން ނޭނގޭތީއެވެ. ޒަޔާންވެސް ހުރީ ހަރަކާތް ހުއްޓިފައެވެ. އެ ދަނޑިވަޅުގައި ކަން ކުރަންވީ ގޮތެއް ހުދު ޒަޔާންއަކަށްވެސް ނޭނގެއެވެ.
“އިޒޫ.. ކިހިނެއް ވަނީ..؟” ޒަޔާން އަހާލިއެވެ. ނަމަވެސް އިޒާނީގެ ފަރާތުން ޖަވާބު ލިބޭ ގޮތެއް ނުވިއެވެ. ބަނޑުގެ ރިހުން އިރު އިރުކޮޅާ ގަދަވަމުން ދާ ވަރަކަށް އިޒާނީ ލޯ މަރާ ފިއްތާލައެވެ. އެތަން ފެނުމުން އިޒާނީ ތަހަންމަލު ކުރަމުންދާ ވޭން ކޮންމެވެސް ވަރަކަށް ޒަޔާންއަށް އަންދާޒާ ކޮށްލެވުނެވެ. ތަޅުންގަނޑުމަތީގައި އިށީނދެލާ، އިޒާނީ ކައިރިއަށް އޭނާ ޖެހެލީ އެހެންވެއެވެ. ޒަޔާންގެ އަތުގައި ހިފާލަމުން އިޒާނީ ޒަޔާންގެ ނަމުން ގޮވާލިއެވެ. އެވަގުތު ބިލިގާ ތެރެއިން ގަނޑު ލޭގަނޑެއް ފެނިގެންދިޔައެވެ.
“ޒަޔާން.. މައި ބޭބީ އިޒް ގޯން…” ޒަޔާންގެ އަތުގައި މޫނު ޖައްސާލަމުން އިޒާނީ ރޮއިގަތެވެ. އެ އަޑު އިވުނު ކޮންމެ މީހެއްގެ ހިތް ފަލައިގެން ދާނެކަން ޔަގީނެވެ. ވީ ކިހިނެއް ކަން ޒަޔާންއަށް އެނގުނީ ދެނެވެ. އެ ދެމީހުންގެ ދަރިފުޅު ދުނިޔެއަށް ނާންނަނީސް ވަކިވެގެން ދިޔައީއެވެ. ކުއްޖަކު ލިބެން އުޅޭތީ އެކަމާ އުފާ ނުވިޔަސް، އެވަގުތު ޒަޔާންގެ ލޮލުންވެސް ކަރުން ހިލިއްޖެއެވެ. އޭނާ އިޒާނީ ގައިގައި ބައްދާލައިގެން އެތަށް އިރަކު އިނެވެ. (ނުނިމޭ)