ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗް މަހު ބާއްވަނީ!

ޚަބަރު ފަހުގެ

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ. އެ ގާނޫނުގެ ދަށުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވައި ޖެހޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކައުންސިލް އިންތިހާބު ބާއްވާ ތާރީހު ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ހާމަކުރައްވަމުން އީސީގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ، އީސީން އަމާޒު ހިފާފައިވަނީ ކޮވިޑް-19 ގެ ހާލަތާއިއެކުވެސް އަންނަ އަހަރުގެ މާޗް މަހު އިންތިހާބު ބާއްވަން ކަމަށެވެ. އިންތިހާބު ބާއްވާނެ ވަކި ދުވަހެއް ފުއާދު ވިދާޅެއްނުވެއެވެ.

މާޗް މަހު އިންތިހާބު ބޭއްވޭނެ ކަމުގެ 99 އިންސައްތަ ޔަގީންކަން ފުއާދު ވަނީ ދެއްވާފައެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ކުރިން ބާއްވާ އިންތިހާބުތަކާއި ހިލާފަށް ކޮވިޑް-19 އާ ގުޅިގެން ބަދަލުތަކެެއް އަންނާނެ ކަމަށާއި، އެގޮތުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދީއްތަ ދުވަހުން ފެށިގެން ކެމްޕޭނު ކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންއާ އެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދައްމާލާފައެވެ. ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން 40 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ