ގިސާސްގެ ހުކުމަށް ހިޔާލު ހޯދާކަށް ނުޖެހޭނެ

ޚަބަރު ފަހުގެ

ގިސާސްގެ ހުކުމަކީ ކީރިތި ގުރުއާނުގެ ނައްސުން ސާބިތުވެ މުޅި އިސްލާމީ އުއްމަތް އިޖުމާއުވެފައިވާ މައްސަލައެއް ކަމަށާއި މިއީ ހިޔާލު ހޯދަން ޖެހޭނެ ކަމެއް ނޫންކަމަށް މައްޝޫރު ދީނީ އިލްމުވެރިއާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިހް ޒައިދު މިރޭ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައި ލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް ހޯދައިގެން ކަމަށް ސަރުކާރުން މިއަދު ބުނެފައި ވަނިކޮށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރަން އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން، ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ، މަރުގެ އަދަބު އުވައިލަން ރާއްޖެ އަށް ގޮވައިލާ ގޮވައިލުންތައް ފާހަގަ ކުރައްވާ ކަމަށާއި ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށެވެ.

މިމައްސަލައިގައި ޝެއިހް ޒައިދު ވިދާޅުވީ، “ގިސާސްގެ ހުކުމަކީ ކީރިތި ގުރުއާނުގެ ނައްސުން ސާބިތުވެ މުޅި އުއްމަތް އިޖުމާއުވެފައިވާ މައްސަލައެއް، އެއީ ހިޔާލު ހޯދަން ޖެހޭނެ ކަމެއް ނޫން، އޭގެ ހުރިހާ ޝަރުތެއް ފުރިހަމަ ވެއްޖެނަމަ އެ ހުކުމް ދެމެހެއްޓުމަކީ ވެރިންގެ މައްޗަށްވާ ވާޖިބެއް، އިސްލާމްދީނުގެ ހުކުމް ތަކަކީ އެންމެ ފުރިހަމަ ހުކުމްތައް” ކަމަށެވެ.

ޝެއިހް ޒައިދުގެ ޓުވީޓާއި ގުޅިގެން ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ، އިންސާނުން އެމީހުންގެ ސައިޒުން ނެއްޓިގެން މާތް ﷲ ގެ ހުކުމްތަކަށް ބަދަލު ގެއްނަން އުޅޭނަމަ ދެންވާނީ ހަލާކު ކަމަށެވެ. އެހިސާބަށް ދިއުމުގެ ކުރިން ބަސް އަނބުރާ ގެނެސް ތައުބާވުމަށްވެސް ރިފްއަތަށް ޑރ. އިޔާޒުވަނީ ގޮވާލައްވައިފައެވެ.

އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރިފްއަތުވަނީ މަރުގެ އަދަބު ތަންފީޒު ކުރުން ނުރަސްމީކޮށް ހުއްޓާލާފައި އޮތް އޮތުުން ދެމެހެއްޓުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަކޮށް ސަރުކާރުން ވެފައިވާ މިވައުދު ދަމަހައްޓާނެ ކަަމަށްވެސް ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ