ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. މިއަދު 15:50ގައި ނިޔާވެފައިވަނީ ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 39ވަނަ މީހާއެވެ.

މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދުވަނީ 32އަށް އަރާފައެވެ. އަދި 7 ބިދޭސީން ވަނީ މިބަލީގައި ނިޔާވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ދ.އަަތޮޅުގައި ހިންގާ ރިސޯޓެއް ކަމުގައިވާ ކަނޑިންމަ މޯލްޑިވުސްއިން ހާލުބޮޑުވެގެން މިދިޔަ މަހުގެ 30ވަނަ ދުވަހު ކުޑަހުވަދޫއަށް ގެންދިޔަ ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބަލީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވަނީ މިއަހަރުގެ މަރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން 11،893 މިހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތުވެސް ބައްޔަށް ފަރުވާހޯދަމުންދާ 837 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 55 މީހުންނަށްދަނީ ފަރުވާދެމުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 11،010 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ