2021 ވަަނަ އަހަރުގެ ބަޖެޓްގައި މުޅިން އަލަށް 4 ޕުރޮޖެކްޓެއް ހަނިމާދޫއަށް

ހަނިމާދޫ ޚަބަރު ފަހުގެ

ސަރުކާރުން މިއަދު މަޖިލީހަށް ހުށައެޅި 2021 ވަނަ އަހަރުގެ ބަޖެޓްގައި ހަނިމާދޫގައި މުޅިން އަލަށް 04 ޕްރޮޖެކްޓެއް ހިމަނާފައިވެއެވެ.

މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރައްވާފައިވާ ބަޖެޓް ތަފްސީލުގައި ވާގޮތުން ހަނިމާދޫގަައި ފަތާ ސަރަހައްދު ހެދުމާއި، އެއަރޕޯޓް އަޕްގްރޭޑްކުރުމާއި، ޒޯނު 1 ގެ ރީޖަނަލް ވޭސްޓް މެނޭޖުމަންޓް ޕްރޮޖެކްޓް އަދި ވިޔަފާރި ބަނދަރުތަކުގައި ގަސްގަހާގެއްސާއި ޖަނަވާރު ކަރަންޓީންކުރުމުގެ ޚިދުމަތް ގާއިމު ކުރުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިހާރުވެސް ހިގަމުންދާ މަގު ހެދުމާއި، ފުޓުބޯޅަދަނޑު ތަރައްގީކުރުން އަދި ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނެޓޭނެޝަން އެންޑް ވޭސްޓް މެނޭޖުމަންޓް ޕްރޮޖެކްޓް ހިމެނެއެވެ.

މީގެއިތުރުން ރިޓެންޝަން، ޓެންޑަރިންގ، ޕްރީޓެންޑަރިންގ ގެ އެއް ޕްރޮޖެކްޓް ހިންގާނެއެވެ. އެއީ ހަނިމާދޫ 100 ހައުސިންގ ޔުނިޓް ( ޓެންޑަރިންގ) ނިންމުމާއި ސްކޫލްގެ 24 ކުލާސްރޫމާއި ހޯލް އިމާރާތްކުރުން ( ރިޓެންޝަން) އަދި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްދާ ރަށްރަށުގައި މަގުބައްތި ޖެހުން ( ޕްރީޓެންޑަރިންގ) ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ