ސަރުކާރުން މިއަދު މަޖިލީހަށް ހުށައެޅި 2021 ވަނަ އަހަރުގެ ބަޖެޓްގައި ޅައިމަގުގައި މުޅިންއަލަށް އެއް ޕްރޮޖެކްޓް ހިންގާއިރު ފުނަދޫގައި 5 ޕްރޮޖެކްޓެއް ހިމަނާފައިވެއެވެ.
މިގޮތުން ޅައިމަގުގައި އަލަށް ފަށަނީ އެރަށު ސްކޫލް 6 ކްލާސްރޫމް އަދި ހޯލް އިމާރާތް ކުރުމެވެ. މި ޕްރޮޖެކްޓަށް 2،700،000 ރުފިޔާ ހަރަދު ވާނެކަމަށް ލަފާ ކޮށްފައިވެއެވެ.
މީގެ އިތުރުން ޅައިމަގުގައި ހިމެނޭ ޕްރޮޖެކްޓް ތަކަކީ
- ފުޓްސަލް ދަނޑު އެޅުން (ރިޓެންޝަން) 69،459 ރުފިޔާ
- އެރަށު ބަނދަރު އަޕްގްރޭޑްކޮށް ގިރާސަރަހައްދު ހިމާޔަތްކުރުން ( އެވޯޑުކުރެވިފައި) 8،700،847 ރުފިޔާ
- ޕްރޮވިސަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕޮރޮޖެކްޓް
- 34 އައިލެންޑްސް ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓް
ފުނަދޫގައި އަލަށް ފަށަން ހަމަހެހިފައިވާ 6 ޕްރޮޖެކްޓަކީ 2،250،000 ރުފިޔާ ހަރަދުކޮށްގެން އެރަށު ސްކޫލްގެ 6 ކްލާސްރޫމް އިމާރާތްކުރުން ހިމެނެއެވެ. މިގެއިތުރުން އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމާއި، ވޮލީކޯޓް ތަރައްގީކުރުމާއި، ފެރީ ޓާރމިނަލް ހެދުމުގެ އިތުރުން ކުނިމެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުން ހިމެނެއެވެ.
އަލަށް ފަށަން ބަޖެޓްގައި ހިމަނާފައިވާ ޕްރޮޖެކްޓް ތަކުގެ ތަފްސީލް
- ހޮސްފިޓަލް 2،250،000 ރުފިޔާ
- ވޮލީ ކޯޓް 500،000 ރުފިޔާ
- ފެރީ ޓާރމިނަލް 1،000،000 ރުފިޔާ
- ކުނިމެނޭޖުކުރާ މަރުކަޒު
މީގެ އިތުރުން ފުނަދޫއި ހިމެނޭ ޕްރޮޖެކްޓް ތަކަކީ
- ފުނަދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުން ( ހިނގަމުންދާ) 2،521،002 ރުފިޔާ
- ފުނަދޫގައި އެއަރޕޯޓް ގާއިމުކުރުން (ބިން ހިއްކުމާއެކު) 16،687،876 ރުފިޔާ
- ފުނަދޫ އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމުކުރުން (ހިނގަމުންދާ)
- ކޮވިޑް ހެލްތް ފެސިލިޓީ އިމާރާތްކުރުން ( ރިޓެންޝަން) 629،478 ރުފިޔާ
- މިސްކިތް އިމާރާތްކުރުން (ރިޓެންޝަން)
- އައިލެންޑްސް ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓް ( ޓެންޑަރިންގ)


