ބޯކޮށް ވާރޭވެހި ބޮޑުފޮޅުދޫ ބައެއް ގެތަކަށް ފެން ވަދެއްޖެ

ޚަބަރު ފަހުގެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، އއ. ބޮޑުފޮޅުދުއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އެރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.

ބޮޑުފޮޅުދޫ ކައުންސިލް ފަރާތުން ގޮށްކޮޅަށް މައުލޫމަތު ދެއްވަމުން ހަސަން ނައީމް ވިދާޅުވީ ރޭ އެރަށަށް ކުރި ވިއްސާގައި 2 ފޫޓަށް ބައެއް ސަރަހައްދުގައި ފެން ބޮޑުވެފައި ހުރި ކަމަށެވެ. 10 ވަރަކަށް ގެޔަށް ފެންވަދެ ބައެށް ގޭތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗާއި އައިސް އަލަމާރިއަށް ގެއްލުން ވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ކައުންސިލް މުވަޒަފުނާއި ރަށުގެ ރައްޔިތުން ވެގެން ރޭ ވަނީ ފެން ހިންދުމުގެ މަސައްކަތާއި، ވެލިބަސްތާ ޖެހުން ކުރިޔަށް ގެންގޮސްފައި ކަމަށާއި، އެކަމުގައި އއ. މަތިވެރި ޕޮލިސް އަދި މަތިވެރި ކޮމިއުނިޓީ އެމާރޖެންސީ ރެސްޕޮންސް ޓީމު (ސީ.އީ.އާރު.ޓީ)ގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައި ވާކަމަށްވެސް ހަސަން ނައީމް ވިދާޅުވިއެވެ.

“ރޭން ފެށިގެން ގިނަ ރައްޔިތުން ތަކެއް ހޭލާ މިއުޅެނީ މި މަސްކަތުގައި. މިހާރުވެސް ބޮޑުފޮޅުދޫގެ ރައްޔިތުންނާ ކައުންސިލް ގުޅިގެން ރަށުގެ އެކިދިމާތަކުގައި ކޯރު ކޮނުމާ ވެލިބަސްތާ ޖެހުމުގެ މަސައްކަތްް ކުރިޔަށް އެބަދޭ. މިއަދުވެސް ވިއްސާރަ މެދު ކެނޑުނީ ހެނދުނު ކުޑަ ވަގުތު ކޮޅަކަށް.” ހަސަން ނައީމް އިތުރަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު