ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 11 ނޮވެންބަރ 2020 އާ ގުޅޭ)

“ބައްޕަ ރޭގަ ސަފާރީގަ ކީއްކުރީ؟” އަޒާންގެ ލޯ ސީދާވެފައި ހުރީ އާޒިމްގެ މޫނަށެވެ. އާޒިމްގެ ދެ ބުމަ ގޮށްޖެހުނު ތަން އޭނާއަށް ފެނުނެވެ. ބައްޕަ ކޮންމެވެސް ކަމެއް ސިއްރު ކުރާކަމަށް އޭނާއަށް ޝައްކުވީ އެހިސާބުންނެވެ.

އިޝްތިހާރު
އިޝްތިހާރު

“އިޓަލީ ރައްޓެހިން ތަކެއް އައިސްގެން ސަފާރީއަށް ދިޔައީ.. ކިހިނެއްވީ؟” އާޒިމް ބެލީ ދޮގެއް ހަދައިގެން ނަމަވެސް އަޒާންގެ ސުވާލުތަކުން ސަލާމަތް ވެވޭތޯއެވެ. އާޒިމް އެހެން ބުނުމުން އަޒާންގެ ނިއްކުރީގައި ހުރި ރޫތައް ފިލައިގެންދިޔައެވެ.

“އީމާ ވެސް ދިޔަ ދޯ؟” އިރުތަށް އޮޅުން ފިލުވާލުމަށް އަޒާން އަހާލިއެވެ. “އީމާވެސް ނާދޭ މިއަދު..” އަޒާން ސޯފާއިން ތެދުވިއެވެ.

“ނޫން. އީމާ ބަލި ވާހަކަ މެސެޖު ކޮށްފަ އޮތް..” އާޒިމް އެހެން ބުނެލުމުން އަޒާން ގޮސް ވަނީ ކާ ގެއަށެވެ.

ހަޔާތުގެ ސަފުހާތައް އުކެމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ގިނަ ކަންތައްތަކެއް މާޒީއާއި އެކުވެ ގޮސްފިއެވެ. ނަމަވެސް އިޒާނީގެ ހާލަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އޭނާގެ ދަރިފުޅުގެ ހިޔާލުތައް އަދިވެސް އޭނާއަށް އުނދަގޫކުރެއެވެ. އެކަނިވާ ކޮންމެ ފަހަރަކު ސިކުނޑިއަށް ފުނި ޖެހެނީ އެދުވަހު ކަން ވީ ގޮތުގެ ތަސްވީރުތަކެވެ. ކުޑަދޮރުގެ ފަރުދާ ކަހާލައިގެން ބޭރު ބަލަހައްޓައިގެން ހުއްޓަސް އޭނާ އެވަނީ މާޒީގެ ހިޔާލުތަކަށް ގެއްލިފައެވެ.

“އިޒޫ..” ގޭގެ ދޮރު ހުޅުވުނު އަޑާއެކު ޒަޔާންގެ އަޑު އިވިގެންދިޔައެވެ. ނަމަވެސް އިޒާނީއަށް އެ އަޑު އިވުނުހެން ހިޔެއް ނުވެއެވެ. ދެފަހަރަކު އިޒާނީއަށް ގޮވާލުމަށްފަހު ޒަޔާން ވަނީ ކޮޓަރިއަށެވެ. ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި އިޒާނީ އޭނާއަށް ފެނުނީ އެވަގުތެވެ. އިޒާނީ އެހެން ހުންނަ ތަން ދެކެން ޒަޔާންގެ ހިތަށްވެސް މިހާރު އުނދަގޫވާން ފަށައިފިއެވެ. އޭނާ ގޮސް އިޒާނީގެ ފުރަގަހުގައި ހުއްޓިލާ، ދެއަތުން އިޒާނީގެ އުނަގަނޑުގައި ހިފާލިއެވެ. އެއާއެކު އިޒާނީ ދިޔައީ ސިހިގެންނެވެ.

“މީ ޔާން އޭ..” އިޒާނީގެ ކަނދުރާގައި ބޮސް ދެމުން ޒަޔާން ބުނެލިއެވެ. “އެބަ އޮތް ސަޕްރައިޒްއެއް… ލޯ މަރާބަލަ.” ޒަޔާންގެ އަތުން އިޒާނީގެ ލޯ މަރާލަދިނެވެ. އަދި އޭނާއާއި ކުރިމަތިވާނޭހެން އިޒާނީ އަނބުރާލުމަށްފަހު ލޯ ހުޅުވުމަށް އިޒާނީ ގާތު ބުނެލިއެވެ.

“ޓަޑާ……” ޒަޔާންގެ ދެ ކޮނޑު އަރުވާލަމުން އޭނާ ހިނިތުންވެލިއެވެ. އިޒާނީއަށް އެއްވެސް ކަމެއް ފާހަގަ ނުވުމުން އޭނާ ދެލޯ ކުޑަކޮށްލައިގެން ހުރީއެވެ.

“ކޮބާ ސަޕްރައިޒް؟” އިޒާނީ އަހާލިއެވެ. އޭނާ އެހެން އަހާލުމުން އޭނާގެ ދެއަތުގައި ހިފާ ގެނެސް ޒަޔާންގެ ދެ ކޮނޑުގައި ބޭއްވިއެވެ. ޒަޔާންގެ ކޮނޑަށް ރަން ކުލައިގެ ހަތަރުވަނަ ފަށެއް އަރާފައި އިންކަން އިޒާނީއަށް ފާހަގަވީ ދެނެވެ. ވީ އުފަލުން ޒަޔާންގެ ގައިގައި އިޒާނީ އޮޅުލައިގަތެވެ.

“ކޮންގްރަޓުލޭޝަންސް، ކެޕްޓަން މުހައްމަދު ޒަޔާން..” އިޒާނީ ބުނެލިއެވެ. އޭނާ އެހުރީ ޒަޔާން ކޯ ޕައިލެޓަކުން ކެޕްޓަނަކަށް ބަދަލުވުމުން ނުހަނު އުފަލުންނެވެ. ޒަޔާންއަށް ލިބޭ ކޮންމެ ކުރިއެރުމަކީ އޭނާއަށްވެސް ލިބޭ ކުރިއެރުމެއް ކަމަށް އިޒާނީ ގަބޫލުކުރެއެވެ. އެ އުފަލުގައި ބައިވެރިވެ އޭނާގެ މޫނު މައްޗަށް ހިނިތުންވުމެއް އިޒާނީ ގެނުވިއެވެ. އަދި އިތުރަށް ކުރިއަރާ ދިޔުމަށް ޒަޔާންއަށް ހިތްވަރުދިނެވެ.

“މިރޭ ބޭރުން ދޯ ކާނީ؟” ޒަޔާން އުޅުނީ ލިބުނު ކުރިއެރުން ފާހަގަ ކުރުމަށް އިޒާނީ ގޮވައިގެން ބޭރަށް ނިކުމެލާށެވެ. ކުރިއަށް އޮތް ދުވަސްތަކަކީީ ވަޒީފާގައި ބުރަކޮށް އުޅެންޖެހޭނެ ދުވަސްތަކަކަށް ވާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވީ އިޒާނީއާއި އެކު ވަގުތު ހޭދަކޮށްލާށެވެ. އިޒާނީއާއި އެކު ބޭރަށް ނުދާތާ ގިނަ ދުވަސްތަކެއް ވެފައިވާތީއާއި އެއްކޮށެވެ.

ގޭ ދޮރުމަތީގައި ހުރި ސައިކަލު މަތީ ޒަޔާން އިނީ އިޒާނީގެ އިންތިޒާރުގައެވެ. މާ ގިނަ އިރެއް ނުވެ އިޒާނީ ނިކުމެގެން އަންނަ ތަން އޭނާއަށް ފެނުނެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ މަތިކޮޅަކާއި ނޫ ކުލައިިގެ ސްކިނީ ޖީންސެކެވެ. އަރައިގެން ހުރީ ގަދަ ރަތް ކުލައިގެ އުސް ބޫޓަކަށެވެ. ލުއި މޭކަޕެއް ކޮށްފައި ހުރުމުން އިޒާނީގެ ރީތި މޫނަށް އިތުރު ދިރުމެއް ލިބިފައިވާ ކަހަލައެވެ. މިއަދުވެސް ޒަޔާންއަށް އެ އިނދެވުނީ އިޒާނީއަށް ކަޅި ޖަހާނުލާ ބަލާށެވެ. މި ފަހަކަށް އައިސް އަބަދުވެސް މިލާފައި ހުންނަ މޫނުން އުޖާލާކަން މިއަދު ޒަޔާންއަށް ފެނުނެވެ.

“ޔޫ ލުކް ސޯ ޕްރިޓީ..” އިޒާނީއަށް ތައުރީފުކޮށްލަމުން ޒަޔާން ސައިކަލު ދުއްވާލިއެވެ. އެމީހުން މިސްރާބު ޖެހީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓަކާއި ދިމާލަށެވެ. ސޯލްޓް ކެފޭ ހުންނަ އިމާރާތުގެ ކައިރިއަށް ޒަޔާން ސައިކަލު މަޑުކޮށްލި އިރު ވިކާޝްއާއި އެކު ޒޯޔާވެސް އައިސް އިނެވެ. ޒޯޔާ ފެނުމުން އިޒާނީ ސައިކަލުން ފައިބައިގެން ގޮސް ޒޯޔާ ގައިގައި ބައްދާލިއެވެ.

“އައި މިސްޑް ޔޫ ސޯ މަޗް.” އިޒާނީގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފާޅުވިއެވެ. އެތަން ފެނުމުން ޒަޔާންގެ ހިތަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެެެވެ.

“ހޫން.. އެއްކަލަ ދެމީހުން… މީ މަގުމައްޗޭ.” ޒަޔާން ސަމާސާ ކޮށްލުމުން އެންމެން ހީގަތެވެ.

“ހިނގާ ދެން އެތެރެއަށް. ހާދަ ބަނޑުހައޭ..” ޒަޔާންގެ ކޮނޑަށް އަތް އެއްލަމުން ވިކާޝް ބުނެލިއެވެ. އެއާއެކު އެންމެން ގޮސް އެ އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައެވެ. ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތު އެކި ވާހަކަ ދެކެވުނެވެ. އެހެން ދުވަސް ދުވަހޭ އެއްގޮތަށް މިރޭވެސް އެންމެ ގިނަ ވާހަކަ ދެއްކީ ޒޯޔާއެވެ. ގިނަ ދުވަސްތަކަކަށް ފަހު އިޒާނީގެ ހުނުމުގެ އަޑު ދޭތެރެއަކުން އިވިގެންދާތީ ޒަޔާން އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ.

“މަ ހިތަށް އަރާ މުސްކުޅިވާ ދުވަހަކުން އަދި ކިހާ ވަރެއް ވާނެ ބާއޭ.” ދޭތެރެއަކުން ޒަޔާން ޒޯޔާއާއި ދިމާކޮށްލައެވެ.

“މަ ހުންނަން ޖެހޭނީ އަބަދު ކަންފަތަށް އުނގުރި ޖަހައިގެން ކަންނޭނގެ..” ވިކާޝްވެސް ޒަޔާންއާއި ބައިވެރިވެލިއެވެ. އެކަން އެނގުމުން ޒޯޔާ ވަގުތުން ތުން ދަމާލިއެވެ.

“ދެން އެވަރަށް ދިމާ ނުކޮށްބަލަ ދޯ..” ޒަޔާންގެ ކޮނޑުގައި ބޮނޑިއެއް އަޅާލަމުން އިޒާނީ ބުނެލިއެވެ.

“އޯކޭ.. އޮން އަ ސީރިއަސް ނޯޓް… ޒޯ އެބަ ޖެހޭ ޖޮބެއް ހޯދާ ދޭން. އިޒޫއަށް.” އިޒާނީގެ އަތުގައި ހިފާލަމުން ޒަޔާން ބުނެލިއެވެ. އެއާއެކު އިޒާނީގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނީ ބޭއިހުތިޔާރުގައެވެ. ޒަޔާން އެހެން ބުނި ކަން އިޒާނީއަށް ގަބޫލު ނުކުރެވުނީއެވެ. މި ވީހާ ދުވަހު ވަޒީފާއަށް ނުގޮސް ގޭގައި މަޑުކުރީވެސް ޒަޔާން އެކަމަށް އެދުނީތީއެވެ.

“އާރ ޔޫ ސީރިއަސް ރައިޓް ނައު؟؟ ހަމަ އަސްލުތަ؟” އިޒާނީ ތަކުރާރުކޮށް އެއްސެވެ. ޖަވާބުގައި އާނއެކޭ ބުނުމަށް ޒަޔާން ބޯ ޖަހާލިއެވެ. އަދި އަބަދު ގޭގައި ހުރުމުން ފޫހިވާނެ ކަމާއި ބޭކާރު ކަންކަމާއި ވިސްނޭނެކަމަށް ޒަޔާން ބުނެލިއެވެ. ހަގީގަތުގައި އިޒާނީ ވަޒީފާއަށް ފޮނުވަން ޒަޔާން ނިންމީ، އެއްވެސް ކަމެއް ނުކޮށް ހުސްކޮށް ހުރުމުން އިޒާނީ މާ ބޮޑަށް ކަންކަމާއި ވިސްނާކަން އޭނާއަށް އެނގޭތީއެވެ. ކޮންމެ ދުވަހަކު ޑިއުޓީ ނިންމާފައި އަންނަ އިރު އިޒާނީގެ މޫނުމަތި މިލާ މޯޅިވެފައި ވާ ތަން ދެކެން އޭނާއަށް މިހާރު ފަސޭހަ ކަމަކަށް ނުވެއެވެ.

އާޒިމް އޮފީހަށް ވަދެގެން އައި ވަގުތު އެހެން މުވައްޒަފުން އޭނާއަށް އިހުތިރާމް އަދާކުރުމަށް ކޮޅަށް ތެދުވެ ސަލާން ގޮވަމުން ދިޔައެވެ. އެހެނަސް އީމާ އިނީ ބަހެއްވެސް ނުކިޔައެވެ. އާޒިމް ގޮސް ކެބިންއަށް ވަނުމާއެކު، އިމާވެސް އޭނާގެ ފަހަތުން ގޮސް ވަނެވެ. އީމާގެ އަތުގައި ސިޓީ އުރައެެއް އޮތެވެ. އޭނާ ދިޔަ ގޮތަށް ގޮސް އެ ސިޓީ އުރަ އާޒިމްގެ މޭޒުމައްޗަށް އެއްލާލިއެވެ.

“ކިހިނެއްވީ؟ ބޭބީ ހާދަ ރުޅި ގަދަވެފަ؟” އާޒިމް ގޮނޑީގައި ހަމަޖެހެލިއެވެ. “އާދެބަލަ…” އީމާގެ އަތުގައި ހިފާލަމުން އާޒިމް ބުނެލިއެެވެ.

“އައިމް ޕްރެގްނެންޓް.” އާޒިމްގެ އަތް ފޮޅުވާލަމުން އީމާ ބުނެލިއެވެ. އެއާއެކު އާޒިމް މޫނުމަތީގައި ހުރި ހިނިތުންވުން ކުއްލިއަކަށް ފިލައިގެން ދިޔައެވެ.

“ވަޓް ރަބިޝް..” އާޒިމް ތެދުވީ ކޮޅަށެވެ. “ތީ އޮޅުމެއް. ދެޓްސް އިމްޕޮސިބަލް.” އީމާ ބުނި އެއްޗެއް ގަބޫލުކުރާކަށް އާޒިމް ބޭނުމެއް ނުވިއެވެ.

“އެއޮތީ ރިޕޯޓް. އަމިއްލައަށް ބަލާބަލަ އިފް ޔޫ ޑޯންޓް ބިލީވް މީ.” މޭޒުމަތީގައި އޮތް ސިޓީ އުރައަށް އިޝާރާތް ކޮށްލަމުން އިމާ ބުނެލިއެވެ. އެއާއެކު އެ ސިޓީ އުރަ ނަގާ އޭގައި އޮތް ރިޕޯޓް އާޒިމް ބަލާލިއެވެ. މާ ގިނަ އިރެއް ނުވެ އޭނާގެ މޫނުމަތިން ހާސްކަމުގެ އަސަރު ފެންނަން ފެށިއެވެ.

“ތީ މަގޭ ދަރިއެއް ނޫން. ކޮންމެވެސް އެހެން ތާކުން ބޮނޑި ބޮއެގެން ތިއުޅެނީ..” އާޒިމް އަދިވެސް ހުރީ ގަބޫލު ކުރަން ދަތިވެފައެވެ.

“ތިއެއް ނޭނގެ މަށަކަށް. ސަފާރީއަށް ދިޔަ ރޭގެ ފަހުން މިހެން ވެގެން މިއުޅެނީ..” އީމާ ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

“މާދަމާ ފުރަން ތައްޔާރުވޭ.. އެބޯޝަން ހަދަން ޖެހޭނީ.” އާޒިމް އެންމެ ފަހުބަސް އިއްވާލިއެވެ.

“ވަޓް؟ ނޯ ވޭ.. ނުވާނެ ތިކަމެއް. މީ ހަމަ އާޒިމްގެ ދަރިއެއް. އާޒިމްގެ މުދަލުން ބައެއްވެސް މި ދަރިފުޅަށް ހައްގު ވާނެ.” އިމާ އޭނާގެ ބަނޑަށް އިޝާރާތް ކޮށްލަމުން އާޒިމްއާއި ދެކޮޅު ހެދިއެވެ. އާޒިމްއާއި ދެކޮޅު ހަދާ މީހުންނަށް ވާގޮތް އީމާއަށް އަންދާޒާވެސް ކޮށްލެވިފައި ނެތެވެ. ވައި ރޯޅިއެއްހެން އޭނާ އެތަނުން ނިކުމެގެން ދިޔައީ އާޒިމްއަށް އިތުތު އެއްޗެއް ބުނާނެ ފުރުސަތެއް ނުދިނުމަށެވެ. އީމާ ނިކުމެގެން ދިޔުމުންވެސް އިރުކޮޅަކު ދޮރާއި ދިމާލަށް ބަލަން އާޒިމް ހުއްޓެވެ. ދެން އައިސް ގޮނޑީގައި އިށީނދެ މޮޅު ރޭވުމެއް ސިކުނޑީގައި ރާވާލިއެވެ.

“ސިލީ ގާރލް…” އާޒިމްގެ މޫނުމަތިން މިހާރު ފެންނަން ހުރީ ނުލަފާ ހިނިތުންވުމެކެވެ.

އާ ދުވަހެކެވެ. ލެޕްޓޮޕް އުނގު މައްޗަށް ލައިގެން އިޒާނީ އިނީ އިންޓާނެޓުން ވަޒީފާގެ ފުރުސަތުތައް އޮތް ތަންތަން ހޯދާށެވެ. އެގޮތުން ދެތިން ސްކޫލަކަށް އޭނާ ފޯމުވެސް ފޮނުވިއެވެ. އިޒާނީގެ ހަރަކާތްތަކަށް ބަލަން ޒަޔާން އޮތެވެ. އިޒާނީގެ މޫނުމަތިން ފެންނަމުންދިޔަ ހިތްހަމަޖެހުން ދެކެން ޒަޔާން އަބަދުވެސް ބޭނުމެވެ. ނަމަވެސް އާޒިމްއަށް ކުރި ވައުދުވެސް އޭނާ ހަނދާނުން ފޮހެވިގެނެއް ނުދެއެވެ. އެހެންކަމުން އިޒާނީގެ ފަރާތުން ކުށެއް ފެނޭތޯ ޒަޔާން ހުންނަނީ ބަލަބަލައެވެ. އެހެނަސް އިޒާނީގެ ކިބައިން ނުރުހޭ އެއްވެސް ސިފައެއް ޒަޔާންއަކަށް ނުފެނެއެވެ.

ހަފްތާއެއް ފަހެވެ. އާދައިގެ މަތިން ޒަޔާން އެއައީ ޑިއުޓީ ނިންމާފައި ގެއަށެވެ. އެޕާޓްމެންޓް ދޮރު ހުޅުވާލުމާއެކު ޒަޔާންގެ ނޭފަތުގައި ޖެހުނު މީރު ވަހުން ބަނޑު ފުރިގެންދިޔަ ކަހަލައެވެ. އިޒާނީއަށް ގޮވާލަމުން އޭނާ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. އިޒާނީގެ އަވަސް ހަރަކާތްތަކަށް ބަލަން ޒަޔާން މަޑުކޮށްލިއެވެ. އުނދުން ކައިރީ ހުރި އިޒާނީ އެއް އަތުގައި ދޭފަތެއް އޮތް އިރު ކައިރީގައި އޮތް ފޯނަށް އޭނާ އިރު އިރުކޮޅުން ބަލާލައެވެ. ޓީޝާާޓަކާއި ކުރު ސޯޓެއް ލާފައި ހުރި އިރު އޭނާގެ ބޮލުގެ އިސްތަށިގަނޑު ހުރީ އެއްކޮށް ގެނެސް ބޮލު މެދުގައި ހުޅިއެއް ޖަހާފައެވެ. އޭނާގެ ދޮން ކަނދުރާ ހާމައަށް ފެންނަން ހުރުމުން ޒަޔާންއަށް ދުރަކު ނުހުރެވުނެވެ. އޭނާ ގޮސް ފުރަގަހުން އިޒާނީގެ ގައިގައި ބައްދާލިއެވެ.

“ހާދަ އަވަހަށް ތި އައީ؟” ޒަޔާންގެ ބީހިލުން އިހުސާސްވުމުން އިޒާނީ ބުނެލިއެވެ. “ދޭ ޗޭންޖް ކުރަން.. ޔުނިފޯމްގަ ވަސް ހިފާނެ.” އިޒާނީ އެހެން ބުނެލުމުން ޒަޔާން ދިޔައީ ކޮޓަރިއަށެވެ. އެއްޗެހި ބަދަލުކޮށްގެން އައި އިރު ކާ މޭޒުމަތީ ދެމީހުންނަށް ކާން ތައްޔާރުކޮށްފައި ހުއްޓެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އިޒާނި ހުރީ މާ ބޮޑަށް އުފަލުންކަން ޒަޔާންއަށް ފާހަގަވިއެވެ.

“އިޒޫ ހާދަ ހެޕީވެފަ؟” ޒަޔާން ކާން އިށީންނަމުން އަހާލިއެވެ.

“އެނގޭތަ ކީއްވެކަން؟” އިޒާނީ އަހާލިއެވެ. ޒަޔާން ނޫނެކޭ ބުނަމުން ކޮނޑު އަރުވާލިއެވެ. “އަހުމަދިއްޔާއިން ގުޅި.” ފުޅާ ހިނިތުންވުމަކާއެކު އިޒާނީ ބުނެލިއެވެ.

“ޖޮބް ލިބުނީ؟” ގަބޫލުކުރަން ދަތިވެފައި އިނދެ ޒަޔާން އަހާލިއެވެ. އެއާއެކު އިޒާނީ އާނއެކޭ ބުނެ ބޯ ޖަހާލިއެވެ. އޭނާގެ ދެލޮލުގައި އުފާވެރިކަމުގެ ވިދުން އެކުލެވިގެންވިއެވެ.

“ސަންޑޭގަ ނިކުންނަން ޖެހޭ..” އިޒާނީ އުފާވެފައި އިންވަރު އޭނާގެ އަޑުންވެސް ހާމަވިއެވެ. ޒަޔާންވެސް އޭނާގެ އަނބިމީހާގެ އުފަލުގައި ބައިވެރިވެ މަރުހަބާކިއެވެ. އަދި މާޒީގެ ސަފުހާތައް ތަކުރާރުކޮށް ކިޔުމުގެ ބަދަލުގައި މުސްތަގުބަލުގެ އާ ސަފުހާތަކެއް ލިޔުމަށް އިޒާނީގެ ކިިބައިން ޒަޔާން އެދުނެވެ.

ހަވީރު ފެންވަރައިގެން ނިކުތް އީމާގެ ސަމާލުކަން ހޯދީ ރިންގު ވަމުންދިޔަ އޭނާގެ ފޯނެވެ. ގުޅަނީ ކާކުތޯ ބަލާލި އިރު އާޒިމްގެ ނަން ޑިސްޕްލޭއަށް އަރާފައި އޮތެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި ފޯނުގެ އަޑު ކަނޑާލުމަށްފަހު އެނދު މައްޗަށް ފޯނު އެއްލިއެވެ. އެއަށްފަހު އަލަމާރި ހުޅުވާލާ ކަޅު ކުލައިގެ ޖީންސަކާއި ދަނބު ކުލައިގެ މަތިކޮޅެއް ނެގިއެވެ. ހެނދުން ލައިގެން އީމާ ރީތިވާ މޭޒުދޮށުގައި އިށީނެވެ. އޭރުވެސް އޭނާގެ ފޯނު ރިންގު ވަމުންދާކަން އޭނާއަށް އެނގެއެވެ. އޭނާ ގަސްތުގައި ފޯނު ނުނަގާ އެ އިނީ އާޒިމް ތަލުވާލާށެވެ.

“މިރޭ އަށެއް ޖަހާ އިރު ބަލާ ދާނަން. ތައްޔާރުވެލައިގެން ހުންނާތި. އެޕާޓްމެންޓް ދޮރު ކައިރީ އިންނާނެ އެއްޗެއް.” ރީތިވެގެން ގޮސް ފޯނު ނަގާ ބެލި އިރު އެތައް ފަހަރަކު އާޒިމް ގުޅާފައި އޮތެވެ. އީމާ ފޯނު ނުނެގުމުން އެންމެ ފަހުން ކޮށްފައި އޮތީ މެސެޖެކެވެ. އީމާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެޕާޓްމެންޓް ދޮރު ހުޅުވާޅިއެވެ. ދޮރުމަތީގައި ރަތް ފިނިފެންމާ ބޮނޑިއަކާއި ބޮޑު ކަރުދާސް ކޮތަޅެއް ބަހައްޓާފައި ހުއްޓެވެ. އެ އެއްޗެހި ހިފައިގެން އެތެރެއަށް ވަދެ ބެލި އިރު ފިނިފެންމާ ބޮނޑީގައި އިން ނޯޓު ގައި ‘ސޮރީ’ ލިޔެފައި އިނެވެ. ކޮތަޅު ތެރޭގައި އޮތީ ކަޅު ކުލައިގެ ރީތި ހެނދުމެކެވެ. އެއާ ގުޅޭނޭ ފަދަ ގަދަ ރަތް ކުލައިގެ ލިޕްސްޓިކެއްވެސް އޮތެވެ. އޭގެ އިތުރުން ވިކްޓޯރިއާސް ސީކްރެޓްގެ ރީތިވާ ސާމާނުވެސް އާޒިމް ފޮނުވާފައި ހުއްޓެވެ.

ގަޑިން އަށެއް ޖެހި އިރު އިމާ ހުރީ އޭނާ އުޅޭ ގޭ ކައިރީގައެވެ. އާޒިމް ފޮނުވި ކަޅު ކުލައިގެ ހެނދުން ލާފައި ހުރުމުން އޭނާ އިތުރަށް ދޮން ކަމަށް ދައްކައެވެ. ހެނދުން ކުރު ކަމުން އޭނާގެ ފަލަމަސްގަނޑުން ބޮޑު ބައެއް އޮތީ ހާމައަށެވެ. ތުންފަތުގައި ގަދަ ރަތްކުލަ ފަވާލާފައި ވާއިރު، އޭނާ އަރައިގެން ހުރީވެސް ރަތް ކުލައިގެ އުސް ފައިވާނަކަށެވެ. އަތުގައި އޮތް ކަޅު ކުލައިގެ ދަބަހުން ފޯނު ނަގަމުން އާޒިމްއަށް އޭނާ ގުޅާލިއެވެ. މާ ގިނަ އިރެއް ނުވެ އާޒިމްގެ ކާރު އީމާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އެއާއެކު، ވަރަށް އުފަލުން ހުރެ އީމާ ގޮސް އެ ކާރަށް އެރިއެވެ.

އާޒިމްގެ އަމުރަށް ސަފާރީ ދުއްވާލީ ހުޅުމާލެއާއި ދުރަށެވެ. ކުރިން ރެއެކޭ އެއްގޮތަށް އާޒިމްގެ ދެ ރަހުމަތްތެރިން އޭގައި ތިއްބެވެ. ހުސް ފިރިހެނުންތަކެއް ތިބުމުން އީމާ ހިސާބަކަށް ޖެހިލުންވެސް ވިއެވެ. ނަމަވެސް އެކަން މާބޮޑަށް އޭނާ ހާމައެއް ނުކުރެއެވެ. ދުރުދުރުން ރަށްތައް ފެންނަ ހިސާބަށް ދެވުމުން ސަފާރީގެ ދުވެލި މަޑުކޮށްލިއެވެ. މަތީ ޑެކުގައި ހިނގާ އެއްވެސް ކަމެއް ސަފާރީގައި ތިބި މުައްޒަފުންނަކަށް ނޭނގެއެވެ. އޭގައި ތިބީވެސް ކައްޕީގެ އިތުރު ދެ ބިދޭސީ މުވައްޒަފުންނެވެ. އެމީހުންނަށް މަތީ ޑެކަށް އެރުން މަނާ ކުރީވެސް އާޒިމްއެވެ.

އާޒިމް ގޮސް އީމާ ކައިރީގައި އިށީނދެލާ އޭނާއަށް ޖޫސް ތައްޓެއް ދިއްކޮށްލިއެވެ. އީމާ އެ ތަށީގައި ހިފަމުން ފުރަތަމަ އާޒިމްގެ ތުނބުގައި ޖައްސަން އުޅުނެވެ. އާޒިމް އެކަން މަނާ ކުރުމުން އީމާގެ ހިތުގައި ޝައްކު އުފެދުނެވެ.

“ކޯއްޗެއް އެޅީ މިއަށް؟” ޝައްކު ޔަގީން ކުރުމަށް އީމާ އަހާލިއެވެ.

“އެއްޗެއް ނާޅާމޭ ދޫނީ… ހަމަ ޕައިންއެޕަލް ޖޫސް ތީ..” އާޒިމް ބުނެލިއެވެ. އެއާއެކު އީމާގެ ލޯ ކުޑަކޮށްލީ އެބުނި އެއްޗެއް ގަބޫލު ނުކުރާ ފަދައިންނެވެ.

“ދެން ކީއްވެ މި ނުބޯން ތިއުޅެނީ؟” އާޒިމްއާއި ދިމާލަށް އީމާ ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. އީމާ އެހެން ބުނުމާއެކު އާޒިމް އެ ޖޫސްތަށިން ކޯވަރެއް ބޯލިއެވެ. އީމާ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުންނެވެ. އެ ޖޫސްތައްޓަށް އޭނާ ލީ އެކްސްޓެސީ ގުޅައިގެ އަސަރު އޭނާއަށްވެސް ކުރާނެކަން އެނގިހުރެއެވެ. އާޒިމް އެ ތަށިން ބޯލުމުން އީމާ އެ ތަށި ތުނބުގައި ޖަހާ އެއްފަހަރުން ބޯލިއެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ