މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ ބ. މާޅޮސް، ކީސްފިލާ، ޢަބްދުﷲ މުޢާޒު (30އ) ކަމަށެވެ.
މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 15:45 ގައިކަމަށް ފުލުހުން މައުލޫމާތުދިނެވެ.
ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން ޢަބްދުﷲ މުޢާޒު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވެއެވެ.
ޢަބްދުﷲ މުޢާޒު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅު ތިކިތަކެއް ޖަހާފައިހުރި ނޫކުލައިގެން ޓީޝާޓަކާއި ގަދަ މުށިކުލައިގެ ފަޓުލޫނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މީހާގެ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.