ދަރަވަންދޫގައި ގެސްޓު ހައުސްތައް ހުޅުވުމަށް އެރަށުގެ ކައުންސިލުން ހުއްދަ ދިނުމާއި ގުޅިގެން އެރަށުގައި މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ.
އެރަށުން ވާހަކަދެެއްކެވި މީހަކު ބުނީ މިއަދު ރައްޔިތުން، ނުކުމެ މިތިބީ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު، އެ ބައްދަލުވުމުގައި ނިންމި ގޮތާއި ހިލާފަށް ގެސްޓު ހައުސްތަކަށް ހުއްދަ ދިނުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށާއި ކައުންސިލު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

“ކުއްލިއަކަށް ކައުންސިލުގެ ރައީސް އަދި ނައިބު ސޮއިކުރައްވާ ހުއްދަދޭން ގަރާރެއް ނެރުއްވީ ހުއްދަދޭން. މިހާރު ހުޅުވާފައި ހުރި ގެސްޓު ހައުސްތަކުގެ ތެރޭގައި ކައުންސިލުގެ ނައިބުގެ މަސްލަހަތު ހިމެނޭ ގެސްޓު ހައުސްއެއް ހުރުމުން އަމިއްލަ ވިޔަފާރިއަށް މަންފާ ވާގޮތަށް ކުރިކަމެއް ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރާ” ކަމަށް ދަރަވަންދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިކަމުގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ހުކުރު ދުވަހުގެ ހަވީރު ވަނީ ރަށުތެރޭގައި ސައިކަލު ބުރެއްވެސް ބާއްވާފައެވެ. އެވަގުތު އެއްވުމުގައި ތިބި ބައިވެރިންވަނީ ކައުންސިލްގެ ރައީސް އަދި ނައިބުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.
އިތުރު ތަފުސީލް އަންނަނީ…..


ޚިޔާލުތައް: