އެމްޑީޕީ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓް އަސްލަމް ހަނިމާދޫ ޖަގަހައިގައި ބޭއްވި ބައްދަލުވުމަށް ފިނި ތަރުހީބެއް

ހަނިމާދޫ ފަހުގެ ސިޔާސީ

އެމްޑީޕީ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓް އަސްލަމު ހަނިމާދޫ ޖަގަހަގައި ބޭއްވި ބައްދަލުވުމަށް ލިބުނީ ފިނި ތަރުހީބެއްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެމްޑީޕީ ހަނިމާދޫ ފޭސްބުކް ޕޭޖުން އެ ބައްދަލުވުމުގެ ފުޓޯތައް ހާމަކުރުމުންނެވެ. މިއަދު ހެނދުނު ހަނިމާދޫ ޖަގަހައިގައި ބޭއްވި އެ ބައްދަލުވުމުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ވަރަށްވެސް މީހުން މަދެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫގައި ހަރަކާތްތެރިވާ އިދިކޮޅުގެ ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ވަޒީފާތަކުގައި އުޅޭ މީހުންނަށް ވަޒީފާގެ ބިރު ދައްކައިގެން އެމްޑީޕީގެ ކެންޕޭނަށް ނެރެއެވެ. އަދި އިދިކޮޅު ހަރަކާތް ދޫކޮށް އެމްޑީޕީ ފަޅިއަށް އަރައިފިނަމަ ސަރުކާރުގެ ވަޒީފާތައް ދޭނެކަމަށް ބުނާ ކަމަށްވެސް އިދިކޮޅުގެ ފަރާތްތަކުން ބުނެއެވެ.

ހަނިމާދޫގައި މިމަހު 2 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ކެންޕޭން ޖަލްސާއަށް ވެސް ގިނަ އަދަދެއްގެ ރަށުން ބޭރު ފަރާތްތަކުން ގެނެސްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ