ހަނިމަދޫއަށް ބޭނުންވަނީ ހަމައެކަނި ކޮންކްރިޓް ތަރައްގީއެއްނޫން – ފިރާގް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫއަށް ބޭނުންވަނީ ހަމައެކަނި ކޮންކްރިޓް ތަރަގީއެއްނޫން ކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ހަނިމާދޫ ސްކޫލްގެ ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް ގްރޭޑް 10 ގެ ދަރިވަރުނަށް ހިންގޭ ސްޓަޑީ ކޭމްޕް ތަކަށް ހަރަދުކުރަން ހަނިމާދޫ ކައުންސިލުން ބޮޑު ބަޖެޓެއް ފާސްކޮށްފައިވާކަން ހާމަ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ހަނިމާދޫ ސްކޫލުން ބުނީ 146648ރ ބޭނުންވާކަމަށް، 10 ގެ ކުދިންގެ ނަދީޖާ ރަނގަޅު ކުރަން، އެހެންވެ ކައުންސިލުން ނިންމާފައި މިވަނީ މި ބޮޑު ހަރަދު ކުރަން.” ނައިބުރައީސް ފިރާގް

ހަރަދުގެ ތަފްސީލް ހާމަކުރަމުން ނައިބުރައީސް ފިރާގް ވިފާޅުވީ މާލޭ އިންނާއި ރާއްޖެއިން ބޭރުންވެސް ރަނގަޅު ފެންވަރުގެ ޓީޗަރުން ގެނެސްގެން މިހާރު ގުރޭޑް 10ގައި ކިޔަވާ ދަރިވަރުންނަށް ސްޓަޑީ ކޭމްޕްތައް ހިންގުމަށް ސްކޫލުން ހުށަހަޅާފައިވާ ހުށަހެޅުމަށް 146648 ހަރަދުވާކަމަށެވެ. އަދި އެ ހަރަދު ކައުންސިލުން ކުރާނެ ކަމަށާއި މި އަދަދުގެ ތެރެއިން މިއަހަރު ހަރަދުކުރަން ފާސްކުރެވިފައިވަނީ 100،000 ރުފިޔާ ކަމަށެވެ. ބާކީ 46648 އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާގޮތަށް ނިންމާފަ ވާކަމަވެސް އެނާ ބުންޏެވެ.

ކައުންސިލްތައް ވުޖޫދުވެ މިހާރު 4 ވަނަ ދައުރު ހިނގަމުން ދާއިރު މި ދައުރުގެ ހަނިމާދޫ ކައުންސިލަކީ ރަށުގެ ތަރަގީއަށް އެތަކެއް ހަރަކާތްތަކެއް ހިންގަމުންދާ ކައުންސިލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ