ރ. ދުވާފަރުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްފާހަގަކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުން ފާހަގަކޮށްދެއްވި ދުވާފަރު ބިން އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށަށް 22.2 ހެކްޓަރުގެ ބިން އިތުރުކޮށް ބޮޑުހިލައިގެ ރިވެޓްމެންޓް އަދި ބޭރުތޮށި ޖަހާފައިވެއެވެ.
މީގެ އިތުރުން ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 5.7 ކިލޯމީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހަދާފައިވެއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެންކުރިޔަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ.
ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ދުވާފަރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީއެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ. ދަނޑުގެ ޓަރފް އެޅުމުގެ މަސައްކަތް ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކޮށްފައިވާއިރު ލައިޓިންގސިސްޓަމުގެ މަސައްކަތްކޮށްފައި ވަނީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.