މިއީ ދިވެހި ރައްޔިތުންނަށް ދިވެހި ޤައުމީ ވެރިކަން އަލުން އިއާދަކުރުމަށް ލިބޭ އެންމެ ފަހު ފުރުޞަތު – ޑރ.ޝަހީމް

ފަހުގެ ސިޔާސީ

މިއީ ދިވެހި ރައްޔިތުންނަށް ދިވެހި ޤައުމީ ވެރިކަން އަލުން އިއާދަކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތުކަމަށް ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދުވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ރޭ ފުވައްމުލައް ސިޓީގައި އޮތް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ.މުޢިއްޒުގެ ކެންޕޭން ޖަލްސާގައި ބައިވެރިވެ ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޤައުމުގެ ޒަޢާމަތު ރަނގަޅު މިސްރާބަކަށް ގެންނަން އެބަ ޖެހޭ ކަމަށާއި، އެކަން ވާނީ ޢިލްމީ، ޤާބިލް، ކެރުންތެރި، ރައްޔިތުންނަށްޓަކާމަސައްކަތްކޮށްދޭނެ ބޭފުޅަކަށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެ ބޭފުޅަކީ ޑރ.މުޢިއްޒު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމުގެ ކާބަފައިން މި ޤައުމު ގެނެސްދެއްވީ ވަރަށް ޝަރަފުވެރި، ފަޚުރުވެރި ދައުލަތެއްގެ ގޮތުގައި ކަމަށާއި، އެހެންކަމުން ބޭރު ގައުމެއްގެސްޓޭޓެއް އޮޕަރޭަޓް ކުރާ ގޮތަށް މި ދިވެހި ރާއްޖެ އޮޕަރޭޓުވުމަކީ ގަބޫލު ކަމެއް ނޫން ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

އަދި މި ވަގުތު ހުރިހާ ރައްޔިތުންވެސް ޚިލާފުތައް ހަނދާން ނައްތާލާ، އެކަތިގަނޑަކަށްވެ އަތުގުޅާލުމަށްވެސް އެ މަނިކުފާނު ގޮވާލެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ