ވެރިކަމަށް ކުރިމަތިލީ މި ޤައުމު އަނގުރު އަލިފާންގަނޑަކަށް ވެއްޓޭތަން ފެނުމުން އެކަމަށް ކުޅަދާނަ ނުވެގެން. -ޤާސިމް

ސިޔާސީ ފަހުގެ

ވެރިކަމަށް ކުރިމަތިލީ މި ޤައުމު އަނގުރު އަލިފާންގަނޑަކަށް ވެއްޓޭތަން ފެނުމުން އެކަމަށް ކުޅަދާނަ ނުވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕޭނުގައި މިއަދު އއ. މާޅޮހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ދައުލަތަށް ލިިބޭ ލާރީގެ ދެބައިކުޅައެއްބައި ދަނީ ކަރަޕްޝަންއަށްކަމަށެވެ. އެގޮތުން ކުޑަ އަގެއްގައި ކުރިއަށް ގެންދެވޭ  މަޝްރޫޢުތަކަށްވެސް ބޮޑު ބަޖެޓެއް ކަނޑައަޅާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އިތުރަށް ޤާސިމް ވިދާޅުވީ ކުރިން އައި ހުރިހާ ސަރުކާރުތަކުގެ ދަރަނީގެ ޖުމުލަ އަދަދަށްވުރެ މި ސަރުކާރުގެ ދަރަނި ބޮޑު ކަމަށެވެ. ބަޔަކު ލޯނު ދިނަސް މިއީކިހާ ބޮޑު ގެއްލުމެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. އަދި ލޯނު ނުދެއްކުމުން މިތަން (ދިވެހިރާއްޖެ) ދޫކޮށް ދާނީ ކޮންތަނަކަށްތޯވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން އެންމެ ކުރީންސުރެ ޔޫއެންގައި ދެކޮޅު ހަދަމުންދިޔަ ކަންކަމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށާއި، އެގޮތުން ރާއްޖޭގެ ފަސް ހިސާބެއްގައި ޤާނޫނު އަސާސީއާ ޚިލާފަށް އިންޑިޔާގެ ސިފައިން ބައިތިއްބާފައި އެބަތިބި ކަމަށްވެސް ޤާސިމް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ