ވަޢުދުތަކުގެ 90 ޕަސެންޓް ފުއްދައިދެވިއްޖެ – ރައީސް ސޯލިހް

ފަހުގެ ސިޔާސީ

2018 ގައި ވެރިކަމަށް އަންނަން ވީ ވަޢުދުތަކުގެ 90 އިންސައްތަ މިވަނީ މުަޅިން ނިމިފަ ނުވަތަ، ވަނީ ނިނުމަކާ ގާތުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ.މަޑިފުށީގައި މިއަދު ބޭއްވި އެމަނިކުފާނުގެ ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ވެރިކަމަށް އައި އިރު ދިވެހިރާއްޖެ އޮތީ އަނިޔާވެރިކަމާއި ބިރުވެރިކަމެއްގައިކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގައި ހަމަޖެހުމާއި ސުލްހަ ގާއިމްކުރެވިއްްޖެ ކަމަށާ، ތަފާތު ހިޔާލުތަކަަށް ޖާގަ ދެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު މި ފެންނަ ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންދެވުނީ މީގެ ސަބަބުން ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ނުގެންދެވުނުކަމުގައި ވިޔަސް މިއަދު ހާސިލްވެފައި މިވަނީ ރަނގަޅުއެޗީވްމަންޓެއްކަމަށް ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ