ލ.އިސްދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށްފެށުމާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި

ފަހުގެ ޚަބަރު

ލ.އިސްދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށްފެށުމާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.

އިސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްދޫ  ފެނުގެ ނިޒާމުގެ މަޝްރޫއަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން އިސްދޫގައި  ބޯ ހޯލް ހެދުމާއި، ރެއިން ވޯޓަރ ކަލެކްޝަން ޓޭންކާއި، 415m3 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، ދުވާލަކު55 ޓަނުގެ ފެން އުފައްދާ 2 އާރް.އޯ ޕްލާންޓް އިންސްޓޯލް ކޮށްފައިވެއެވެ.

އިސްދޫ  ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 6،741،918 ރުފިޔާ އަށް  މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 208 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖަހައި، 98 މީޓަރ ރިވެޓްމަންޓް ޖަހައި، 330 މީޓަރއެއްގަމު ތޮށި ޖަހާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ