ހދ. ކުޅުދުއްފުށި އަދި ގދ ތިނަދޫ ގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށި އަދި ގދ ތިނަދޫ ގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުޏެއް ކަމަށްވާޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީ އާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި މި ދެ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުންސޮއިކުރެއްވީ ސީނިއަރ އެކްޒެކެޓިވް ޢަބްދުލް ހައްނާން ހުސެއިނެވެ. އަދި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުންސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަސައްކަތް ހަވާލު ކުރީ 30 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 38 މިލިއަން ޑޮލަރަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ