ގދ. ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކޮށްދެއްވައިފި

ފަހުގެ ސިޔާސީ

ގދ. ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފިއެވެ. މި މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވީ އެމަނިކުފާނު މިއަދު ގދ.ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހު މިއަދު ވަނީ ހުވަދު އަތޮޅުގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވާފައެވެ. އެގޮތުން މިއަދު ހަވީރު ތިނަދޫބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ހުވަދު އަތޮޅުގައި މި ޚިދުމަތް ފުރަތަމަ ހޯދި ފަރާތަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ތިނަދޫ އިމިގްރޭޝަން އޮފީހުގެ ޚިދުމަތް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8 އިން މެންދުރުފަހު 3 އަކަށް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ 14 ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ. އޭރިއާއާއި،އެން.އައި.ސީ.ޔޫ. އަދި 2 ލޭބަ ސުއީޓްސް އާއި 4 ޕްރައިވެޓް ރޫމް ހިމެނޭ ލޭބަރ ރޫމް ވެސް ހުޅުއްވައިދެއްވާފައެވެ.

ހަމައެއާއެކު އެމަނިކުފާނު މިއަދު ވަނީ ތިނަދޫ ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވާފައެވެ. ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 5 މެގަވޮޓެވެ. ނަމަވެސް ރައީސް ސޯލިހު މިއަދު ހުޅުއްވައިދެއްވި ތިނަދޫ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 7.6 މެގަވޮޓެވެ. ތިނަދޫ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އިންޖީނުގެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ