ކޮންމެ ކުލައަކުން އެއްޗެއް ލިބުނަސް ހިފުމަށް ނަހުލާ ޒުވާނުންނަށް ގޮވާލައިފި

ސިޔާސީ ފަހުގެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން އެއްޗެއް ދީފިއްޔާ ހިފަންވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޒުވާނުންނަށް ގޮވާލައްވައިފިއެވެ.

ހުޅުމާލެ ފޭސް-2 ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރޭ ޖަލްސާގައި ނަހުލާ ވިދާޅުވީ ޒުވާނުންނަކީ މާދަމާގެ މުސްތަގުބަލު ކަމަށާއި ގައުމުގެޝަރަފު ކަމަށް ސިޔާސީ މީހުން ބުނި ނަމަވެސް އެއީ ހަގީގަތުގައި އެއްވެސް އަގެއް ހުރެގެން އެ މީހުން ދައްކާ ވާހަކައެއް ނޫން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ މީހުން ޒުވާނުން ގެންގުޅެނީރާޒުވާ ކުޅިބަޔަކަށްހަދައިގެން ކަމަށާއި ވޭތުވެދިޔަ ސަރުކާރުތަކުން ކޮންމެ ޓީމެއް، ކޮންމެ ގުރޫޕެއް، ކޮންމެ ބައެއްއަދި ކޮންމެ ޒުވާން ކުދިންތަކެއް ބޭނުންކުރީ އެ ސަރުކާރުތަކުގެ އަމިއްލަ އެދުން ފުއްދާފައިފުއްސެއްގެ ގޮތުގައި ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ލިބޭ ފައިދާއެއް ނުނަގާށޭ ނުބުނާނަން. ނަގަންވީ. އަޅުގަނޑުމެންގެ ހައްގު، ރައްޔިތުންގެ ހައްގު، ތި ޒުވާން ޖީލުގެ ހައްގު. ކޮންމެ ދިމާލަކުން ކޮންމެ ކުލައަކުން އެއްޗެއް ލިބުނަސް ހިފާތި. އެކަމަކު ނަފުސު ވިއްކާނުލައްޗޭ. އަޅުގަނޑުމެންގެ ނަފުސު ވަރަށް އަގުބޮޑު،މި ސަރުކާރުގެ ޓްރާންސްޕޯޓްމިނިސްޓަރުކަން ވެސް ކުރައްވާ ނަހުލާ ވިދާޅުވި އެވެ.

ނަހުލާ އިތުރަށް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމްގެ ވެރިކަމެއްގައި ޒުވާނުންނަށް ފުރިހަމަ ބާރު އޮންނާނެ ކަމަށާއި ޖޭޕީގެ ސަރުކާރެއްގައި ކަންކަމުގައި ގޮތްނިންމުމުގައި އެންމެ އިސް ސަފުގައި ތިބޭނެ އެއް ބަޔަކީވެސް ޒުވާނުން ކަމަށެވެ. އަދި ޒުވާނުންގެ އީޖާދީ ވިސްނުންތަކަށް ގާސިމް އިސްކަން ދެއްވާނެކަމަށާއި އޭނާއަކީ ކުރިއަށް ވިސްނަވާވިޝަނަރީލީޑަރެއް ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ