އަލިފުށި އެއާޕޯޓް ނިންމައި މި އަހަރު ހުޅުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ

ފަހުގެ ސިޔާސީ

މި އަހަރު ނިމެންވާއިރަށް ރ. އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމައި، އެތަން ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރ.އަލިފުއްޓަށް މިއަދު ވަޑައިގެން  އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އަލިފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، އަލިފުށީ އެއާޕޯޓަކީ އެ ރަށު ރައްޔިތުންގެ އުއްމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫއު ކަމަށެވެ. އެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާނަން،ރައީސް ވިދާޅުވިއެވެ.

އަލިފުށީ އެއާޕޯޓްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެ އެއާޕޯޓަށް ބޭނުންވާ 50 ހެކްޓަރުގެ ބިން، މިހާރުއަންނަނީ ހިއްކަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ