އައިއޯއައިޖީ 2023 ގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

ކުޅިވަރު ފަހުގެ

އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023” ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މަޑަގަސްކަރައިގައި އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރ މަހުގެ 3 ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭން ވަނީ 28 މެޑަލް ހޯދާފައެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެއަށް ހޯދުނީ 15 މެޑަލްއެވެ.

އިޝްތިހާރު
އިޝްތިހާރު

މިފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި، ހަވާއެރުވުމާއެކު ކުލަގަދަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ކުޅިވަރުތަކުން ރާއްޖޭން މެޑަލްތައް ހޯދި ގޮތް:

*ޓީޓީ: 4 ރަން މެޑަލް، 4 ރިހި މެޑަލް، 1 ލޯ މެޑަލް

*ބެޑްމިންޓަން: 1 ރަން މެޑަލް، 3 ރިހި މެޑަލް، 3 ލޯ މެޑަލް

*ޓައިކްވަންޑޯ: 2 ރިހި މެޑަލް، 3 ލޯ މެޑަލް

*އެތުލެޓިކްސް 3 ލޯ މެޑަލް

*ޕެރަ އެތުލެޓިކްސް: 2 ލޯ މެޑަލް

*ބާސްކެޓްބޯލް ތްރީ އޮން ތްރީ: 2 ލޯ މެޑަލް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ