އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ، އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ދަތުރުފުޅުގައި މިރޭ އިރާކޮޅު ފޭދޫއަށް ވަޑައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ މިރޭ ހުޅުއްވައި ދެއްވި އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީއާ އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ސަރުކާރުން ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދީ ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ