ދިވެހި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ކުރިއަށް އޮތް ފަސް އަހަރުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގައި ހުންނެވުން ކަމަށް ޕްރޮފެސަރ ޙަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އިރުކޮޅެއް ކުރިން އުގެއިލް ކުރައްވާފައިވާ ޓުވީޓެއްގައި އޭނާ ވިދާޅުވީ، ސުލްޙަވެރިކަމާއި އަމާންކަމާއި އެކު ތަރައްޤީގެ އެތައް މަޝްރޫއު ތަކެއް ފަށައި ކުރިޔަށް ހިންގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އުގެއިލް އިތުރަށް ވިދާޅުވީ މި ސަރުކާރު ބަދަލުވެއްޖެނަމަ ފަށައިގެން ކުރިޔަށްދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެ ކަމަށެވެ. އަދި މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށާއި، ގަސްތުގައި ނުކުރެއްވިޔަސް މިއީ ތަބީއީ އާދައެއް ކަމަށެވެ.
ސުލްޙަވެރިކަމާއި އަމާންކަމާއި އެކު ތަރައްޤީގެ އެތައް މަޝްރޫއު ތަކެއް ފަށައި ކުރިޔަށް ހިނގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކެން. ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުން…
— Professor Ugail (@ugail) September 7, 2023
އުގެއިލް ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވިއިރު، އޭނާ މީގެ ކުރިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.