ލޯޔަރު އާސިފު ޕީޕީއެމުން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންފި

ފަހުގެ ސިޔާސީ

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި އާދަމް އާސިފް(އާސިއްޕެ) ޕީޕީއެމުން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

އާސިފް ޕީޕީއެމުން ވަކިވިއިރު ހުންނެވީ ޕީޕީއެމް އިސްތިއުނާފް ކޮމެޓީގެ ނާއިބު މުގައްރަރުގެ މަގާމުގައެވެ. ހަމައެެއާއެކު ޔާމީންގެ ވަކީލުންގެ ޓީމުގެ އިތުރުން ޕީޕީއެމްގެ މުޒާހަރާތަކުގައި ހައްޔަރުކުރި އެ ޕާޓީގެ މީހުން މިނިވަން ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ކޮށްދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

އާސިފް ވަނީ ޕީޕީއެމުން ވަކިވި ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ޕާޓިން ވަކިވި ސަބަބު އެނގިފައެއް ނުވެއެވެ.

އާސިފް އެމްޑީޕީއާއި ގުޅިވަޑައިގެން، އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލަށެވެ.

ޕީޕީއެމް ދޫކުރައްވައި އެމްޑީޕީއާ ގުޅުމުން އެމްޑީޕީން ވަނީ އާސިފަށް މަރުޙަބާ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ