ރާއްޖޭގެ ރައްޔިތުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެއްވުންކަމަށްއެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރޭ ހިތަދޫގައި ބޭއްވި ރައީސް ސޯލިހުގެ ކެންޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ކޮށްދީފައިވާކަންކަމާއި ކުރިއަށް އޮތް ދައުރުގައި ކޮށްދޭން މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އައްޑޫ ރައްޔިތުން ރައީސް ސޯލިހު ހޮވަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އެހެން ސަރުކާރުތަކުން އައްޑޫއަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އައްޑޫގެތަރައްޤީއަށް މި ސަރުކާރުން ކުރި ކަންކަން ކިރިޔާ ވެސް އަޅާކިޔޭނީ އިނގިރޭސިން އައްޑޫގައި ތިބި އިރު ކުރި ކަންތައްތަކާއި ކަމަށެވެ.