މިއަދު ފ.ނިލަންދޫގައި ބޭއްވެވި އުފާވެރި އަމާން، ބަނދަރު ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަނީ ވަރަށް ފޯރިއާ އެކުގައި ކަމަށެވެ. އަދި ވާދަވެރިން ކެމްޕެއިން ނިންމާލާފައި ގެއަށް ވަދެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވުރެ ރަނގަޅު ގޮތެއް އޮތް ކަމަށް ރާއްޖޭގެ އެއްވެސް ރަށަކުން ބުނަމުން ނުދާ ކަމަށެވެ. އެމަނިކުފާނުގެ ބުންވަރު އެބަހުރި ކަމަށާއި މިވަގުތަކީ ކެމްޕެއިންގެ އެންމެ މުހިންމު ވަގުތު ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިވަންކަން އެންމެ ރަނގަޅަށް ދިފާއުކޮށް ގައުމިއްޔަތު ދިފާއުކުރަން ކުރި އެންމެ ބުރަ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ބޮޑެތި ފުރުސަތުތަކެއް ހޯދައި ދިނީ މި ސަރުކާރުންކަން ފާހަގަކުރައްވާ މި ސަރުކާރުން ކޮށްދީފައިވާ މުހިންމު މަސައްކަތްތަކަށް ރައީސް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން މަސްވެރިންނަށް އެންމެ ގިނަ ފުރުސަތުތަކެއް ހޯދައިދިނީ ވެސް މިސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ނިލަންދޫ އަދި ދަރަނބޫދޫ އަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ރައީސް ސޯލިހު ވަނީ ހިއްސާކޮށްދެއްވާފައެވެ.