އއ.ރަސްދޫގައި ވޯޓުލަމުންދަނިކޮށް ހަމަނުޖެހުން ހިންގައި ވޯޓުލުން މެދުކަނޑާލިކަމަށް ދެކެވޭ ވާހަކަތައް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ދޮގުކުރައްވައިފިއެވެ.
ފުވާދު ވިދާޅުވީ ރަސްދޫގައި ޖެހުނު މައްސަލައަކީ ވޯޓު ފޮށްޓާއި ހަވާލުވެހުރި ވެރިޔާ އިންތިހާބީ އުސޫލާއި ހިލާފުވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ. އަދި މިހާރު އަލުން ވޯޓުލުން ފަށާފައިވަނީ އެ މަގާމަށް ވޯޓުފޮށީގެ ނައިބު ވެރިޔަކަށް އައްޔަން ކުރުމަށްފަހުކަމަށް ފުވާދު ވިދާޅުވިއެވެ.
މީގެ އިތުރުން ގއ. ވިލިނގިލީގައި އެމްޑީޕީ މޮނިޓަރަކު ވޯޓުލާނީ ކޮން ކެނޑިޑޭޓަކަށްތޯ ބެލި މައްސަލައެއް ފެންމަތިވެ އެ ފޮށި ކައިރީ ހަމަނުޖެހުން ހިންގިކަމަށްބުނާ ވާހަކަތައްވެސް ކޮމިޝަނުންވަނީ ދޮގުކޮށްފައެވެ.