އަދިވެސް ދެބައި ކުޅަ އެއްބައި މީހުން ވޯޓު ނުލާ- އީސީ

ޚަބަރު ފަހުގެ

މިއަދު މެންދުރު 1 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ  135422މީހުން ކަމަށް އީސީއިން ބުނެއެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 47.95 އިންސައްތަ މީހުންނެވެ. ވޯޓު ލާފައި ވަނީ 69261 ފިރިހެނުންނެވެ. އެއީ 24.5 އިންސައްތައެވެ. އަދި މިހާތަނަށް ވޯޓު ލާފައި ވަނީ 66161 އަންހެނުންނެވެ. އެއީ 23 އިންސައްތަ އެވެ.

އަދިވެސް 146973 މީހުން ވޯޓު ނުލާ ކަމަށް އީސީން ބުނެއެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 52 އިންސައްތައެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ.

މި އިންތިހާބުގައި އެންމެ ފަހުން ވޯޓުލާން ފެށުނީ ލަންޑަނުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓުލާން ފެށުނީ ރާއްޖޭ ގަޑިން 12:30 ގައެވެ.

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ