ސަރުކާރު ބަންދަސް މަޖިލިސް ޖަލްސާ ބާއްވަން ނިންމައިފި

ފަހުގެ ޚަބަރު

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ކަނޑައެޅުއްވިޔަސް، މަޖިލިސް ޖަލްސާ ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 11 ވަނަދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ނަމަވެސް މަޖިލީހުގެ ޖަލްސާ ކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް ކުރިއަށް ދާނެ ވާހަކަ ދަންނަވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމެވެ

އެކަން އެޖެންޑާ ކޮށްފައި ވަނިކޮށް، ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންނަން ނިންމާފައިވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް އެކަން ނިންމެވީ މަސްލަހަތަށް ބަލާފަކަމަށްވެސް އަސްލަމްއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެހެންނަމަވެސް މަޖިލިހުގެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މަޖިލިހުގެ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެނައިކަން އެ އިދާރާ އަށް އެމްޑީޕީން އަންގާފައި ނުވާ ކަމަށެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ